ﷲ ތަޢާލާ އާއި ކުއްތަންވުމަސް އެދޭ މީހަކަށް ކުރަން އޮތް އެންމެ ރަނގަޅު ޢަމަލަކީ ރޭއަޅުކަންކުރުންކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ދަޢުވަތު ދެވިގެންވާ އަޅުކަމަކަށްވާތީއެވެ. އަދި ކޮންމެ ރެއަކުވެސް އެދަޢުވަތު ތަކުރާރުކުރައްވަވާތީއެވެ.
ރޭގަނޑުގެ ތިންބައިން ފަހުބައި ރޭއަޅުކަމަށް ޚާއްޞަވެގެންވަނީ ހަމައެކަނި ނަމާދުކޮށް ޛިކުރުކުރުމަކަށް ނޫނެވެ. އެމީހަކު އެދޭހައި ކަމެއްގެ ވާހަކަ ދެންނެވުމަށެވެ. އެކަމަށް ވަޤުތުދެއްވެވުމުގައި ﷲ ތަޢާލާ އެއްވެސް މީހަކަށް ތަފާތެއް ނުކުރައްވަވަތެވެ.
އެންމެ ހެޔޮގޮތުގައި އަޅުކަންކޮށްއުޅޭ ޞާލިޙް އަޅުންނާއި އަޅުަކްނަކުރަން ފަށަން މަސައްކަތްކުރާ މީހުންނާއި ތަފާތެއް ނުކުރައްވަވަތެވެ. ފާފަކުރެވޭ މީހުންނާއި ނުކުރެވޭ މީހުންނާއިވެސް ތަފާތެއް ނުކުރައްވަވަތެވެ. އަދި ހަމައެހެންމެ ދުނިޔޭގައި އެންމެ މަތީފެންވަރުގައި ދިރިއުޅޭ މީހުންނާއި އެންމެ ނިކަމެތި މީހުންވެސް ތަފާތެއް ނުކުރައްވަވަތެވެ. އެންމެން ދަންނަވާ ހުރިހާ ވާހަކަތަކެއް، ކުރާ ހުރިހާ ދުޢާތަކެއް އައްސަވައިވޮޑިގެންވެއެވެ.
ކޮންމެ ރެއަކު ބިމުގެ އުޑަށް ފައިބައިވަޑައިގެން އެމީހަކު ބޭނުންވާހައިކަމެއްގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައިި ދެންނެވުމަށް ދެއްވަވާ ފުރުޞަތު ނަގައިލަން ހެޔޮނުވާނެއެވެ. އެކަމަށް ކަންނެތްވެ ފަރުވާކުޑަކޮށްފައި ތިމާއަށް އުލެންޖެހިފައިވަނީ ހިތްދަތިކަމުގައި ނުވަތަ އަތްމަތި ދަތިކަމުގައި ބުނަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
- ޢުމަރު ސުލައިމާނުގެ ދަރުސަކުން