ޤިޔާމަތް ދުވަހު، އެންމެ ބޮޑަށް ނިކަމެތިވެ ވޭންދެނިވި ޢަޛާބް ލިބިގެންވާ ބާރަ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޤިޔާމަތް ދުވަހު، އެންމެ ބޮޑަށް ނިކަމެތިވެ ވޭންދެނިވި ޢަޛާބް ލިބިގެންވާ ބާރަ މީހުން!

އަހަރެމެން ފަރުޟު ނަމާދެއްކުރިނަމަވެސް އަދި ސުންނަތް ނަމާދެއްކުރި ނަމަވެސް ކޮންމެ ރަކްޢަތެއްގައިވެސް އަލްޙަމްދު ކިޔަވާއިރު مَالِكِ يَوْمِ الدِّينِ ކިޔަވަމުއެވެ. މާނައީ: "ޤިޔާމަތް ދުވަހުގެ އެންމެ ބާރުތައް ލިބިވޮޑިގެންވާ، ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެ"އެވެ.

ދުނިޔޭގައި ﷲ ތަޢާލާ އެކި މިންވަރަށް ބާރުތައް ދެވެވި ވެރިން އެބަ ތިބެއެވެ. ނަމަވެސް މިއާޔަތުން ދަލީލުކޮށްދެނީ ޤިޔާމަތް ދުވަހު އެއްވެސް ކަމަކަށް އެއްވެސް ބާރެއް ލިބިގެންވާ އެއްވެސް ދެވަނަ ފަރާތެއް ނުވާނެކަމެވެ. ހުރިހާ ބާރުތަކެއްވަނީ އެކަލާނގެ ޙަޟްރަތުގައިކަމެވެ.

ވިސްނައިލަބަލާށެވެ! ޤިޔާމަތްދުވަހުގެ އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ﷲ ތައާލާ ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، އަދި ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ މީހަކަށްވުރެ ބޮޑު ހިތާމައެއްގައި ނުވަތަ ކަންބޮޑުވުމެއްގައި ވާނީ ކާކުހެއްޔެވެ؟

ޗީމާ ދެން ބަލައިލަންވީ ޤިޔާމަތް ދުވަހު އެބައަކަށް ޢަޛާބު ގަދަފަދަވެގެންވާ މީހުންނަށެވެ. ރަސޫލް (ﷺ)ގެ ޙަދީޘްފުޅުތަކުން ސާބިތުވާ ގޮތުގައި ޤިޔާމަތް ދުވަހު، މާތް ﷲ، ރަޙްމަތުގެ ބެއްލުވުމުން ނުބައްލަވާނެ، އަދި ރަހްމަތުގެ ބަސްފުޅު ވަޙީ ނުކުރައްވަވާނެ، އަދި ވޭންދެނިވި ޢަޛާބް ލިބިގެންވާ ބައަކު ވެއެވެ.

1، މުސްކުޅި ޢުމުރުގައި ޒިނޭކުރާމީހާ

2، ފަޤީރު ޙާލުގައި ބޮޑާވެ ކިބުރުވެރިވާ މީހާ

3، ދޮގުހުވާކޮށްގެން މުދައު ވިއްކާ މީހާ

4، ދޮގު ހަދާ ރަސްކަލާ (ވެރިޔާ)

5، ސަހަރާއެއްގައި އެމީހެއްގެ އަތުގައި ފެންހުރެ، ދަތުރުވެރިޔާއަށް އެ ފެން މަނާކުރާ މީހާ

6، ޢަޞްރު ނަމާދަށްފަހު، ދޮގު ހުވާކުރާ މީހާ،

7، މީހުންނަށް އިޙްޞާންތެރިވެފައި ކަލަގޮވާ މީހާ

8، ތަނބިކަށިން ތިރިއަށް އިޒާރު ތިރިކުރާ މީހާ

9، ދުނިޔެއަށްޓަކައި ވެރިމީހާގެ އަތްމައްޗަށް ބައިޢަތުހިފާމީހާ

10، ދިރޭ ތަކެތީގެ ސޫރަ ކުރަހާ މީހާ

11، ފާފައެއް ކޮށްފައި، މީސްތަކުންގެ ކުރިމަތީގައި އަމިއްލައަށް އެފާފަ ފައުޅުކުރާ މީހާ

12، ކިޔަވައިގެން ހުރެ، މީސްތަކުން މަގުފުރައްދާ މީހާ

މަޢުލޫމާތު: ޝައިޚް މުޙައްމަދު އިބްރާހީމް

މިއަދު އޮންލައިން