ރުޅި މަތަކޮށް ހިފެހެއްޓުމަކީ ސުވަރުގެ ވައްދަވާ ސަބަބެއް!: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ރުޅި މަތަކޮށް ހިފެހެއްޓުމަކީ ސުވަރުގެ ވައްދަވާ ސަބަބެއް!: ޚުޠުބާ

މުސްލިމް އަޚުންނޭވެ! اَبُوْ هُرَيْرَة رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެއްދުވަހަކު މީހަކު ރަސޫލާ z ގެ އަރިހަށް އައިސް، ނަސޭހަތެއް ދެއްވުމަށް އެދި ދެންނެވުމުން ރަސޫލާ z ޙަދީޘް ކުރެއްވިއެވެ. (لَا تَغْضَبْ)[1] މާނައީ: "ތިބާ ރުޅި ނާންނާށެވެ!" އެމީހާ ތަކުރާރުކޮށް ދެންނެވުމުންވެސް ދެއްވީ ހަމަ އެޖަވާބެވެ.

އަދި أَبُوالدَّرُدَاء رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެއް ދުވަހަކު މީހަކު ރަސޫލާ z ގެ އަރިހަށް އައިސް ދެންނެވިއެވެ. އަޅުގަނޑަށް ސުވަރުގެ ވައްދަވާނެ ޢަމަލެއްގެ ވާހަކަ ވިދާޅުވެ ދެއްވާނުތޯއެވެ! އެހިނދު ރަސޫލާ z ޙަދީޘް ކުރެއްވިއެވެ. (لَا تَغْضَبْ، وَلَكَ الْـجَنَّةُ)[2] މާނައީ: "ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުށްޓެވެ!" ރަސޫލާ z ގެ މި ބަސްފުޅުތަކުން އަހަރެމެންނަށް މި ގޮވައިލައްވަނީ، ރުޅި މަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށެވެ.  

މުސްލިމް އަޚުންނޭވެ! ރުޅި މަޑުކުރުން މިހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ. ރުޅި މަޑުކުރާ މީހުންނަށާއި، އިޙްސާންތެރީންނަށް ހުރި ދަރަޖަ ބަޔާން ކުރައްވައި، މާތް ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. 

"އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މަޢާފުކުރާ މީހުންނެވެ. އިޙުސާން ތެރިންދެކެ ލޯބިވެ ވޮޑިގެންވެއެވެ. އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލު ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!" 

މުސްލިމް އަޚުންނޭވެ! ރުޅިމަޑުކަމަކީ، ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ z ލޯބިފުޅުވާ ސިފައެކެވެ. އެއްދުވަހަކު ކީރިތި ރަސޫލާ z، أَشَجُّ عَبْدِ الْقَيْس އަށް ޙަދީޘް ކުރެއްވިއެވެ. 

(إِنَّ فِيْكَ خَصْلَتَيْنِ يـُحِبُّهُمَا اللهُ وَرَسُوْلُهُ: اَلْـحِلْمُ وَالْأَنَاةُ) 

މާނައީ: "ހަމަކަށަވަރުން ތިބާގެ ކިބައިގައި، ރުހިވޮޑިގަންނަވާ، އަދި ގެ ރަސޫލާ ލޯބިފުޅުވާ ދެ ސިފައެއް އެބަހުއްޓެވެ. އެއީ ޙިލްމުވެރިކަމާއި ކެތްތެރިކަމެވެ." 

- މިއަދުގެ ހުކުރު ޚުޠުބާއިން

މިއަދު އޮންލައިން