މީހަކު ރުޅިއައިސް އެއްޗެތި ގޮވާނަމަ ޢަމަލުކުރަން އޮތްގޮތް‍- ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 22ސ
މީހަކު ރުޅިއައިސް އެއްޗެތި ގޮވާނަމަ ޢަމަލުކުރަން އޮތްގޮތް‍- ޚުޠުބާ

މުސްލިމް އަޚުންނޭވެ! އެއްދުވަހަކު عَبْدُ الله بْنُ عَبَّاس رَضِيَ اللهُ عَنْهُ ގެ  އަރިހަށް މީހަކު އައިސް، އެކަލޭގެފާނާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި، ހަޅޭއްލަވަން ފެށިއެވެ. އެހިނދު اِبْنُ عَبَّاس އެކަލޭގެފާނުގެ ޚާދިމަކަށް ވިދާޅުވިއެވެ. އެއީ ކަމަކު އައި މީހެއް ނަމަ، އޭނާ ބޭނުންވާ ކަމެއް ފުއްދައި ދޭށެވެ. اِبْنُ عَبَّاسގެ މި ބަސްފުޅު އަޑު އިވުމުން، އެ މީހާ އިސް ދަށަށް ޖަހައިގެން، އެ ތަނުން ހިނގައްޖެއެވެ. އެބޭކަލުންގެ އަޚްލާޤު ކިހާ ފުރިހަމަތޯއެވެ! މިއީ ރިވެތި މިޘާލުތަކެކެވެ. މާތް ވަޙީ ކުރައްވާފައި ވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙުމަތްތެރިޔަކު ފަދައިން ވެދާނެތެވެ." މިބަސްފުޅުގެ މާނައަކީ ކޮބައިތޯ އަނަސްގެފާނަށް ދެންނެވުމުން ވިދާޅުވިއެވެ. "އެއީ މީހެއްގެ އަޚަކު އޭނާއަށް އެއްޗެހި ގޮވުމުން މި ފަދައިން ބުނާ މީހާއެވެ. ތިބާ ތިޔަ ބުނަނީ ތެދެއްނަމަ މާތް އަހުރެންނަށް ފާފަ ފުއްސަވައި ދެއްވާށިއެވެ! ތިބާ ތިޔަ ހަދަނީ ދޮގެއް ނަމަ، މާތް ތިބާއަށް ފާފަ ފުއްސަވައި ދެއްވާށިއެވެ!  

މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ z ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. އެހެންވެ ކީރިތި ރަސޫލާ z އެކަލޭގެފާނުގެ ޞަޙާބީންނަށް ވަޞިއްޔަތް ކުރައްވާފައި ވަނީ، "ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ! ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ!" މިފަދައިންނެވެ. 

މުސްލިމް އަޚުންނޭވެ! އެއްދުވަހަކު މީހަކު ވަރަށް ރުޅި އައިސްގެން عُمَرُ بْنُ عَبْدِ الْعَزِيْزގެ އަރިހަށް އައިސް، އަޑު ގަދަ ކުރަން ފެށިއެވެ. އޭރު عُمَرُ بْنُ عَبْدِ الْعَزِيْزއަކީ، މުސްލިމުންގެ ޚަލީފާއެވެ. عُمَرُ بْنُ عَبْدِ الْعَزِيْز އެމީހާއާ ދިމާއަށް އެއްވެސް އެއްޗެއް ވިދާޅުނުވެ، އޭނާ ގޮވިހައި އެއްޗެހި އަޑު އައްސަވަން ހުންނެވިއެވެ. ދެން ވިދާޅުވިއެވެ. "ތިބާ ބޭނުންވަނީ، ޝައިޠާނާ ލައްވައި، އަހުރެން ރުޅި އަރުވަން ހެއްޔެވެ؟ އަހުރެން ލައްވައި މިއަދު ތިބާގެ ކިބައިން ބަދަލު ހިއްޕުވައި، މާދަމާ އަހުރެންގެ ކިބައިން ތިބާ ބަދަލު ހިފަން ހެއްޔެވެ؟ މާތް ގަންދީ ބުނަމެވެ. ހަމަ ހިލާ އެ ގޮތަށް ކަންތަކެއް ނުކުރައްވާނަމެވެ."[1]  

މުސްލިމް އަޚުންނޭވެ! ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވާށެވެ. މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީއެވެ. އެފަދަ އެހެން ޙާދިޘާ އެކެވެ. އެއްރެއަކު عُمَرُ بْنُ عَبْدِ الْعَزِيْز މިސްކިތަށް ވަޑައިގެންނެވިއެވެ. އެ ޒަމާނުގައި މިސްކިތްތަކުގައި މާބޮޑު އަލިކަމެއް ނުހުރެއެވެ. އެހެންވެ، އެ ވަގުތު މިސްކިތުގައި އޮތް މީހެއްގެ ގައިގައި އެކަލޭގެފާނުގެ ފައިންޕުޅު އަޅައިގަތެވެ. އެމީހާ ރުޅި އައިސްގެން ބޯ އުފުލާލާފައި ބުންޏެވެ. ކަލެއަކީ މޮޔައެއް ހެއްޔެވެ؟ عُمَرُ بْنُ عَبْدِ الْعَزِيْز ވިދާޅުވިއެވެ. ނޫނެކެވެ. އެހިނދު عُمَرُ بْنُ عَبْدِ الْعَزِيْزގެ ހަށިފާރަވެރީން އޭނާ ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ ދޫކޮށްލާށެވެ! އޭނާ ސުވާލު ކުރީ، މަށަކީ މޮޔައެއް ހެއްޔެވެ؟ އެ ސުވާލަށް އަހުރެން ނޫނެކޭ ބުނެފީމެވެ."[2]

މުސްލިމް އަޚުންނޭވެ! އިސްލާމީ އުއްމަތުގެ މާޒީ އޮތީ މި ގޮތަށެވެ. އެއީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުއްމަތެކެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް  އެމީހުން ރުޅި އަންނާނީ، އަށްޓަކައެވެ. ޙައްޤަށްޓަކައެވެ. ކީރިތި ރަސޫލާ z އަކީ، އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ކަމަކަށް ކޯފާވި ބޭކަލެއް ނޫނެވެ. 

މުސްލިމް އަޚުންނޭވެ! ކީރިތިރަސޫލާ z އަކީ، އެކަލޭގެފާނުގެ ޝަޚްޞީ އެއްވެސް ކަމެއްގައި، ކޯފާ އިސްކުރެއްވި ބޭކަލެއްނޫނެވެ. މާތް އެކަލޭގެފާނު ފޮނުއްވާފައިވަނީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. އެހެނަސް އެކަލޭގެފާނަކީ، ގެ ޙުރްމަތަކަށް އަރައިގަނެވޭ ހިނދު، ކޯފާ ގަދަ ބޭކަލެކެވެ. عَلِيْ رَضِيَ اللّٰهُ عَنْهُ ވިދާޅުވިއެވެ. "ރަސޫލާ z ދުނިޔެއަށް ޓަކައި ކޯފާ އިސް ނުކުރައްވަތެވެ. އެހެނަސް ޙައްޤަކާ ހެދި ކޯފާ ވެއްޖެނަމަ އެއްވެސް މީހަކަށް ނުބައްލަވަތެވެ. އެކަލޭގެފާނު އެ ޙައްޤަކަށްޓަކައި ކޯފާވި ކަމަކަށް ނަޞްރު ލިބެންދެން ކޯފާ މަޑު ނުކުރައްވަތެވެ."[3] 

މުސްލިމް އަޚުންނޭވެ! ރަޙްމާންވަންތަ ރަސްކަލާނގެ އަޅުން، ނަމޫނާއަކަށް ބަލަން ޖެހޭނީ ލޮބުވެތި މާތް ރަސޫލާ z އެވެ. އެމީހުން، އެމީހުންގެ އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެއެވެ. ގަނެ ވިއްކުމުގެ މުޢާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވަށްޓެރި ކަމުގައި، ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ. ގެ ޙަޟްރަތުގައި، އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެކެވެ.  

މިއަދު އޮންލައިން