ކުއްޖާ އުފަންވުމުން ރޮއިގަންނަނީ ކީއްވެ؟ ސަލާމަތްކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާ-!

ކިޔުމަށް ހޭދަވާނީ 4މ 37ސ
ކުއްޖާ އުފަންވުމުން ރޮއިގަންނަނީ ކީއްވެ؟ ސަލާމަތްކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާ-!

ޢަލީ އިޙްސާން ފިރާޤު

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. 

" مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا "‏‏ {صحيح البخاري، كتاب التفسير، باب (وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ‏)، ޙަދީޘް ނަންބަރު 4548} 

މާނައީ: [ޝައިޠާނާގެ ބީހުމަކާނުލައި ހަމައެއެއްވެސް ކުއްޖަކު އުފަންނުވެއެވެ. ދަރިފުޅު ވިހާތަނުން ބާރަށް ރޯންފަށަނީ ޝައިޠާނާ އެކުއްޖާގެ ގައިގައި ބީހުމުން ނެވެ. އެގޮތަށް ޝައިޠާނާ ބީހުމަކާނުލައި އުފަންވެވަޑައިގެންނެވީ މަރްޔަމުގެފާނާއި އެކަމަނާގެ ދަރިކަލުންނެވެ.] 

މި ޙަދީޘު ރިވާކޮށްދެއްވުމަށްފަހު އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިބާ އެދޭނެމަ މި އާޔަތް ކިޔަވާށެވެ. وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾  

މާނައީ: [އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ]. 

فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ 

"ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން ﷲ ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް މަރިޔަމޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ ޙަޟްރަތަށް ދަންނަވަމެވެ."

(އާލްޢިމްރާން: 36)

 

 

 

 

 

މިއަދު އޮންލައިން