މިދުޢާ ކިތަންމެ ކުރުނަމަވެސް މިދުޢާނުކޮށް ގިނައިރު ނުކުރާށެވެ! ގެއިން ބޭރަށް ނުކުތުމުގެ ކުރިންވެސް މިދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިދުޢާ ކިތަންމެ ކުރުނަމަވެސް މިދުޢާނުކޮށް ގިނައިރު ނުކުރާށެވެ! ގެއިން ބޭރަށް ނުކުތުމުގެ ކުރިންވެސް މިދުޢާކުރާށެވެ!

"އެންމެހެޔޮ ރިވެތިގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ! އެއުރެންބުނެ ސިފަކުރާ ގޮތްތައް، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ."

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަމްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ."

(އަލްމުއްމިނޫން: 96،97) 

ދުޢާ: 

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ 

" އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." 

މިދުޢާނުކޮށް ގިނައިރު ނުކުރާށެވެ! ގެއިން ބޭރަށްވެސް ނުނުކުންނާށެވެ! އަހަރެމެން މަގުފުރެދި ގެއްލި ހަލާކުވަމުން މިދަނީ ޝައިޠޯނާގެ ސަބަބުންނެވެ. ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް މަސައްކަތްކުރުމާއިއެކު ދުޢާކުރަންވާނެއެވެ! ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވައިފި އަޅަކާ ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން