"އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރުހުން ނުދޭން އުޅެނީ އިސްލާމީ ވުޒަރާއިން އެ މަނިކުފާނު އިސްލާމްދީނަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ހުއްޓުވުމުގެ ނިޔަތުގައިތޯ؟ އެހެން އިތުރު ސަބަބެއް/ ޙުއްޖަތެއް ތިޔަބައިމީހުން އަތުގައި އެބަ އޮތްތޯ؟ އެހެނީ މި ޤައުމުގައި އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅަކީ އެއީ ކަމާ މެދަކު ޝައްކެއް ނެތެވެ."
- ޝައިޚް ޝަފީޢު ޢަބްދުﷲ
ޝައިޚް ޝަފީޢުއެވެ! ޖަވާބު ވަރށް ށާފެވެ! ފަސް އަހަރުވަންދެން 2ޓީ އިންޖީނެއްގަ އޮޑި ދުއްވައި އިސްލާމް ދީނަށް ގެއްލުންދޭން ޢަރަބިނަމެއް ކިޔާ ފޭކްބައަކު ލައްވައި ކުޅުވި ޑްރާމަތަކަށް ﷲ ތަޢާލާ ނިމުން ގެނެސްދެއްވެވުމުން ގޮތްހުސްވެ ތެޅިފޮޅެނީއެވެ.
އަޑަށްވުރެ ބާރަށް މިއަދު އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ޖައްސައިލުމުން ޙަޖަމަނުކުރެވިގެން ދެވުނުހައި ގެއްލުންތަކެއް ދޭން މަސައްކަތްކުރަމުން ގެންދަނީއެވެ.
މާތް ﷲ ވާގިފުޅާއިއެކު ޙައްޤަށް ނަޞްރު ލިބޭނެއެވެ. އިސްލާމް ދީނަށް ހުރަސް އަޅައި އެހެން ދީންތައް ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ ﷲ ތަޢާލާގެ ޢަދުއްވުންގެ ކިބައިން ދާއިމަށް ރާއްޖެ ސަލާމަްތކުރައްވަވާނެތެވެ. ހިންދީ ކިޔެވެލިތަކާ ފެންމަތުރައިގެން ސަރުކާރުގެ މަޝްރޫޢުތައް ފަށަން ދެން ފުރުޞަތެއް ނުދެއްވަވާނެތެވެ. އިން ޝާ ﷲ
ޑރ. ޝަހީމަށް @Mohamedshaheem1 ރުހުން ނުދޭން އުޅެނީ އިސްލާމީ ވުޒަރާއިން އެ މަނިކުފާނު އިސްލާމްދީނަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ހުއްޓުވުމުގެ ނިޔަތުގައިތޯ؟ އެހެން އިތުރު ސަބަބެއް/ ޙުއްޖަތެއް ތިޔަބައިމީހުން އަތުގައި އެބަ އޮތްތޯ؟ އެހެނީ މި ޤައުމުގައި އެ މަޤާމަށް އެންމެ ޤާބިލު…
— Shafeeu Abdullah (@shafeeu26) January 28, 2024