ކާބޯތަކެއްޗަކީ އޭގައި ދެ ދުނިޔޭގެ ފައިދާ ލައްވައިފައިވާ އެއްޗެއްކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ކާބޯތަކެއްޗަކީ އޭގައި ދެ ދުނިޔޭގެ ފައިދާ ލައްވައިފައިވާ އެއްޗެއްކަން އެނގޭހެއްޔެވެ؟

ގިނަ ބައަކު ހީކުރަނީ ކާބޯތަކެއްޗަކީ ހަމައެކަނި ބަނޑުފުރަން ބޭނުންކުރާ އެއްޗެއްކަމަށެވެ. ވީހާ އަގުބޮޑު، މީރުތަކެތި ކެއުމުން ފުދުނީކަމަށެވެ. ނަމަވެސް އެކަން އޮތީ އެހެންނަކުން ނޫނެވެ. ކިތަންމެ އަގުބޮޑު އެއްޗެއް ނަމަވެސް އަދި ކިތަންމެ އާދައިގެ އެއްޗެއް ނަމަވެސް ކެއުމަކީ އާޚިރަތް ލިބިގަންނަން މަގުފަހިވެގެންދާން އޮތް ސަބަބެކެވެ. އެންމެ ބޮޑަށް ވިސްނަންވީ އެކަމަށެވެ. 

"އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ކާބޯތަކެއްޗަކީ އޭގައި ދެ ދުނިޔޭގެ ފައިދާ ލައްވައިފައިވާ އެއްޗެކެވެ. ދުނިޔޭގައި ހެލިފެލިވެ އުޅުމަށާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ކާނާއިން އެހީވެދެއެވެ. ދުނިޔޭގައި ހެލިފެލިވަނީ ދިރިއުޅުމުގެ ހާޖާތްތައް ފުއްދުމަށާއި އަޅުކަން ކުރުމަށެވެ. އަޅުކަން ކުރުމަކީ އާޚިރަތް ބާއްޖަވެރި ވާނޭ މަގެވެ." 

ވީމާ ﷲ ތަޢާލާ ދެއްވަވާ ރިޒުޤުގެ ބޭނުންކުރަންވީ ހަމައެކަނި ބަނޑުފުރުމުގެ ބޭނުމުގައެއް ނޫނެވެ. އެކަމުގެ ސަބަބުން އާޚިރަތް ބާއްޖަވެރިކުރުމުގެ ބޭނުމުގައެވެ. ދެއްވެވި ރިޒުޤަށް ޝުކުރުވެރިވުމަކީވެސް އަދި ރިޒުޤުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީވެސް ހަމަ އެއީއެވެ.  

ފަހެ ތިއަބައިމީހުން ކާތަކެއްޗަށް ނުބަލަނީހެއްޔެވެ؟ 

އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ކާބޯތަކެއްޗަކީ އޭގައި ދެ ދުނިޔޭގެ ފައިދާ ލައްވައިފައިވާ އެއްޗެކެވެ. ދުނިޔޭގައި ހެލިފެލިވެ އުޅުމަށާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ކާނާއިން އެހީވެދެއެވެ. ދުނިޔޭގައި ހެލިފެލިވަނީ ދިރިއުޅުމުގެ ހާޖާތްތައް ފުއްދުމަށާއި އަޅުކަން ކުރުމަށެވެ. އަޅުކަން ކުރުމަކީ އާޚިރަތް ބާއްޖަވެރި ވާނޭ މަގެވެ. އަދި ހަމައެހެންމެ ކާނާގެ ގޮތުގައި ލައްވައިފައި ވާ ތަކެތި ދުނިޔެއަށް ފޮނުއްވަވާ ގޮތަކީ އިންސާނާއަށް އުޚްރަވީ ޙަޔާތް ހަނދާންކޮށްދޭ ކަމެކެވެ. މާތް ވަޙީކުރެއްވިއެވެ. ﴿فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ﴾ (عبس: ٢٤)‏ މާނައީ: [ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފައިހުށިކަމެވެ!] 

ފޮނުއްވަނީ ވާރޭފެނެވެ. އެ ފެނުން ގަސް ފަޅުއްވަތެވެ. އެ ގަސްތަކުން ތަފާތު ބާވަތްބާވަތުގެ ކާނާ ނެރުއްވަތެވެ. ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރީން އަޖައިބުކޮށްފައި ވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި  ވަނީ، ގަދަފަދަވެގެންވާ ޢަޒާބެވެ. އަދި ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ.] (އަލް-ޙަދީދު: 21) 

ދަނޑުފަނގުގައި ލެއްވި ކާނާގެ އިތުރަށް ކަނޑުތަކުގައި ވެސް އެ ކަލާނގެ ކާނާ ލެއްވިއެވެ. އެއީ ރަށުތިބީންނަށާއި ދަތުރުވެރީންނަށް ވެސް އެއިން މަންފާކުރަނިވި ގޮތުގައެވެ. ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެ ކަމުން ލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލުކުރައްވައިފައި ވެއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ.] (އަލް-މާއިދާ: 96) 

އަދި ހަމައެހެންމެ އެއްގަމުގައި ދިރިއުޅޭ ނަޢަމްސޫފި ވެސް ކާނާގެ ގޮތުގައި ލެއްވެވިއެވެ. އަން-ނަޙްލު ސޫރަތުގެ 5ވަނަ އާޔަތުގެ މާނައިގައި ވެއެވެ. [އަދި އެ ކަލާނގެ ތިޔަބައިމީހުންނަށް ޓަކައި، ނަޢަމްސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައި ވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.] 

އެއްކައުވަންތަ އިލާހެއްގެ ކަށަކުޅަދުންވަންތަ ކަމާއެވެ. ޚަލްޤުތަކުންނަށް ބޭނުންވާ ހުރިހައި ތަކެއްޗެއް އެބައިމީހުން ދިރިއުޅޭ މާހައުލުގައި ލެއްވެވީ އެ މީހުންނަށް އެ ކަމުގެ އުނދަގުލެއް ތުރާލެއް ނުވާ ގޮތުގައެވެ. އަދި ކިޔެއް އެ ތަކެތީން އިތުރު މަންފާއާއި ފައިދާ ވެސް ލިބޭ ގޮތުގައެވެ. އިލާހީ ނިޢުމަތްތަކަކީ ގުނާ ޢަދަދުކުރެވޭ ވަރަށްވުރެ މާ ގިނަ ތަކެއްޗެވެ. ޝުކުރުވެރިވާ ހިތަކައިގެން އަށް ޙަމްދުކުރާށެވެ!

 

(މިއީ الشَّيْخُ مُحَمَّدُ أَفْضَلْ "ދީނުގެމަގު" މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.)

މިއަދު އޮންލައިން