މަލާއިކަތް ބޭކަލުން ކައިރިވެވަޑައި ނުގަންނަވާނެ 3 ބާވަތެއްގެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މަލާއިކަތް ބޭކަލުން ކައިރިވެވަޑައި ނުގަންނަވާނެ 3 ބާވަތެއްގެ މީހުން-

ތިރީގައި އެވަނީ މިއަދުނޫހުގައި މިހާރު ކުރިއަށް މިގެންދާ ކައިވެނީގެ ފުރަތަމަރޭ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތް އަންގައިދޭ ސިލްސިލާއިން ފާހަގަކޮށްލެވުނު އެއް ޙަދީޘްފުޅެވެ. 

(قَالَ ثَلَاثَةٌ لَا تَقْرَبُهُمْ الْمَلَائِكَةُ جِيفَةُ الْكَافِرِ وَالْمُتَضَمِّخُ بِالْخَلُوقِ وَالْجُنُبُ إِلَّا أَنْ يَتَوَضَّأَ))

މާނައީ: މާލާއިކަތްބޭކަލުން އެބަޔަކާއި ކައިރިވެވަޑައިނުގަންނަވާނެ 3 ބަޔަކުވެއެވެ. އެއީ މަރުވެފައިވާ ކާފަރެއްގެ ހަށިގަނޑާއި ޚަލޫޤު (އެބަހީ: ރީނދުލާއި އެހެނިހެން އަތަރުތައް އެއްކޮށްގެން ހަދާފައިހުންނަ، އަންހެނުންނަށް ޚާއްޞަ އަތަރެއް) ބޭނުންކުރާ ފިރިހެނާއާއި ވުޟޫކޮށްފުމަށް ދާންދެން ޖުނުބުވެރިވެފައިވާ މީހާއެވެ." 

މިޙަދީޘްފުޅުން އެނގޭ ގޮތުގައި މާލާއިކަތްބޭކަލުން އެބަޔަކާއި ކައިރިވެވަޑައިނުގަންނަވާނެ 3 ބަޔަކުވެއެވެ.

އެއީ "(1) މަރުވެފައިވާ ކާފަރެއްގެ ހަށިގަނޑާއި (2) ޚަލޫޤު (އެބަހީ: ރީނދުލާއި އެހެނިހެން އަތަރުތައް އެއްކޮށްގެން ހަދާފައިހުންނަ، އަންހެނުންނަށް ޚާއްޞަ އަތަރެއް) ބޭނުންކުރާ ފިރިހެނާއާއި (3) ވުޟޫކޮށްފުމަށް ދާންދެން ޖުނުބުވެރިވެފައިވާ މީހާއެވެ." 

މިޙަދީޘްފުޅުގައި 3 ވަނައަށް ބަޔާންކުރައްވާފައިއެވާ ޖުނުބުވެރިވެއްޖެނަމަ ހިނައިގަނެވެން ނެތް ޙާލަތުގައި ވުޟޫކޮށްގެން ހުރުމަކީ ނުވަތަ ނިދުމަކީ މިހާރަކަށް އައިސް ގިނަބައަކު ސަމާލުކަންދޭ ކަމަކަށްނުވާތީ ކަމުގެ މުހިންމުކަން ބަޔާންކޮށްދިނުމުގެ ގޮތުން ޙަދީޘްފުޅު ފާހަގަކޮށްލީއެވެ.

 

 

މިއަދު އޮންލައިން