ޢާއިޝަތު ރަފާޙް ޢަލީ
· ގިނައިން ހުނުން: މާބޮޑަށް ހުނުމަކީ ޤިޔާމަތާއި ނަރަކައާއި މާތްރަސްކަލާނގެ އަޛާބުގެ ބިރުވެރިކަމާމެދު މީހަކު ފަރުވާކުޑަކަން ދޭހަވާ ކަމެކެވެ. މީގެ އިތުރުން ހުނުމަކީ ގިނަ ފަހަރަށް މީހާއަށް އިންތިޒާރު ކުރަމުންދާ ޙިސާބު ހަނދާން ނައްތާލާ ކަމެކެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
(لاَ تُكثروا الضَّحِكَ، فإنَّ كثرةَ الضَّحِكِ تميتُ القلبَ).
މާނައީ: (ހުނުން ގިނަނުކުރާށެވެ. ހަމަކަށަވަރުން ގިނައިން ހުނުމަކީ ހިތް މަރުވާ ކަމެކެވެ.)
· ﷲ ތަޢާލާ އަށް ޛިކުރު ކުރުމުގެ ބަދަލުގައި ބޭކާރު ވާހަކަ ގިނަކުރުން
· ދުނިޔެއާއި މެދު އުއްމީދުކޮށް ދުނިޔެ ހޯދަން މަސައްކަތް ކުރުން: މަރު ކުއްލިއަކަށް އަންނައިރު، ކުރިން އީމާން ނުވެއްޖެނަމަ އެއްވެސް ފައިދާއެއް ނުލިބޭނެއެވެ.މި ދުނިޔެއަށް މާ ބޮޑު އުންމީދާއި ލޯތްބަކުން މީހަކު އާޚިރަތާއި ސުވަރުގެއާއި ނަރަކައަށް ފަރުވާކުޑަވެ، ޙަރާމް ކަންކަމުގެ ތެރެއަށް ވެއްޓިގެންދެއެވެ.