ޝައިޠޯނާގެ ވަސްވާސްތަކުންނާ ޖިންނީގެ ނުބައިކަމުން ސަލާމަތްވާން ކުރެވިދާނެ 10 ކަމެއް- ސަމާލުކަން ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޝައިޠޯނާގެ ވަސްވާސްތަކުންނާ ޖިންނީގެ ނުބައިކަމުން ސަލާމަތްވާން ކުރެވިދާނެ 10 ކަމެއް- ސަމާލުކަން ދެއްވާ!

އެއްވެސް މުސްލިމަކު ހަމަހުރެފައި ފާފައެއް ނުކުރާނެއެވެ. ފާފަކުރާނީ ޝައިޠޯނާ އެކަމަށް ބާރުއަޅައި ވަސްވާސް ދިނުމުންނެވެ. ކާފިރުންވެސް އެމީހުންނަށް ނުބައި ޢަމަލުތައް ކުރެވުމުން ދެރަވެ ހިތާމަކުރެއެވެ. އެކަމުން އެނގެނީ އެމީހާވެސް ޙަޤީޤަތުގައި ނުބައި ޢަމަލުތައްކުރަން ބޭނުން ނުވާކަމެވެ.

ފުރަތަމަ ކަމަކަށވެސް ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބަލާށެވެ. ހަށިވިއްކާ މީހުންނާއި ހަށިގަންނަ މީހުންނަށް ބަލާށެވެ. އެމީހުންވެސް އެކަންކަން ކުރަނީ ޙަޤީޤަތުގައި އެކަންކަން ކުރަން ބޭނުންވެގެން ނޫންކަން އެފަދަ މީހުން ދައްކާފައިވާ ވާހަކަތަކުން އެނގޭނެއެވެ. ޝައިޠޯނާގެ އަވާގައި ޖެހެވެނީއެވެ. ދެން ސަލާމަތް ނުވެވެނީއެވެ.

ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވާން މަސައްކަތްކުރަން އެބަޖެހެއެވެ. އަދި އެކި ގޮތްގޮތުން އުނދަގޫކުރާ ޖިންނިތަކުގެ ކިބައިން ސަލާމަތްވެހުރުމަށްވެސް މަސައްކަތްކުރަން އެބަޖެހެއެވެ. އެކަމަސްޓަކައި ކުރެވިދާނެ ބައެއް ކަންކަމަކީ:

 

1--ވީހާ ގިނައިރު ވުޟޫމަތީގައި ހުރުން

2-ގެއިން ބޭރަށް ދާނަމަ ދިއުމުގެ ކުރިން އަދި އެނބުރި އައުމަށްފަހު 2 ރަކްޢަތް ނަމާދެއްކުރުން

3--ގެއިން ނުކުންނަމުންނާއި ގެއަށް ވަންނަމުން ކިޔަންހުރި ޛިކުރުތައް ކިޔުން

4--ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން

5--ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުން

6--ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުން

7--އިސްލާމް ދީން މަނާކުރާ ކަންކަމުން ދުރުހެލިވެހުރުން

8--ސުންނަތް ރޯދަހިފުން ގިނަކުރުން

9--ރަޙިމުގެ ގުޅުން ދެމެހެއްޓުން

10--ރައްކައުތެރިކަމަށް އެދި ގިނަގިނައިން ދުޢާކުރުން

މިފަދަ ހެޔޮ ޢަމަލުތައްކުރުންމަތީގައި ދެމިހުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން