ހުރިހާގޮތަކަށް ބެލިނަމަވެސް ޢަދާވާތްތެރިކަމަށްވުރެ މޮޅު، ފައިދާހުރި ގޮތަކީ މާފުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ހުރިހާގޮތަކަށް ބެލިނަމަވެސް ޢަދާވާތްތެރިކަމަށްވުރެ މޮޅު، ފައިދާހުރި ގޮތަކީ މާފުކުރުން!

ތިރީގައި ބަޔާން މިކުޜާ 2 ޝައިޚުންގެ ބަސްފުޅުން އަދި ޤުރްއާނުން އެނގެން މިއޮތީ ޢަދާވާތްތެރިވުމަށްވުރެ ހުރިހާ ގޮތަކުން ފައިދާބޮޑީ މާފުކުރުމުންކަމެވެ. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް އެމީހަކަށް ދޫކޮށްލާށެވެ! މާފުކުރުމުގައި ދީލަތިވާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއާއިމެދު ދީލަތިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ   

އާޚިރަތަށް އެދިގެން އާޚިރަތާ ހެދި އުޅޭ މީހުންނަށް އެހެން މީހަކަށް ޢަދާވާތްތެރިވާކަށް ވަޤުތެއް ނޯންނާނެއެވެ. އަދި ޢަދާވާތްތެރިވުމަކީ އެކަމަށްޓަކައި ނުހަނު ގިނަ އުނދަގޫތައް ތަޙައްމަލުކުރަންޖެހޭ، ނުހަނު ބޮޑު ނުތަނަވަސްކަން ހިތަށް ވެރިކުރުވާ ކަމެކެވެ. ގިނަގުނަ ވަޤުތުތަކެއް ބޭކާރުވެގެންދާ ކަމެކެވެ. 

وَإِنَّ السَّاعَةَ لَآتِيَةٌ فَاصْفَحِ الصَّفْحَ الْجَمِيلَ ﴿الحجر: ٨٥﴾‏

"ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ."

- ޝައިޚް މުޙައްމަދު ޝާފިޢު 

ޢަދާވާތްތެރިންނާއި ހަސަދަވެރިންނާއި ކޮންމެ ދުވަހަކުހެން ބައްދަލުވާނެއެވެ. އެއެންމެންގެ ކަންކަން ސިކުޏޑީގައި ބަހައްޓައިގެން އުޅޭ މީހާ އޭނާއާއިއކު އެ އުފުލަނީ ބަރު ލަގެޖެކެވެ. އެލަގެޖް އުފުލުމުން ތިމާއަށް އަބަދުވެސް ލިބޭނީ އިތުރު ބުރަކަމެވެ.  

އެމީހުންނަށް އަވަހަށް މާފުކޮށްލާށެވެ! ސިކުނޑިން އެކަން ފިލުވައިލާށެވެ. އެލަގެޖުން ސަލާމަތްވެވޭނެ އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ. ޢަދާވާތްތެރިން ތިބޭނެ ކަމާއި އެއީ ކޮންބައެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެމީހުންކުރާ ކަންކަމާއި ކުރާނެކަންކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުން ކުރާނެ ކަންކަން ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ!

- މުފްތީ މެންކް

 

 

މިއަދު އޮންލައިން