ނާޒިޢާތު ސޫރަތުގެ ވާހަކަތައް

ކިޔުމަށް ހޭދަވާނީ 7މ 35ސ
ނާޒިޢާތު ސޫރަތުގެ ވާހަކަތައް

ޢާއިޝަތު ރަފާޙް ޢަލީ

 

ނާޒިޢާތު ސޫރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި 46 އާޔަތްވެއެވެ. 

· އާޚިރަތް ދުވަހުގެ ވާހަކަ: 

ނާޒިޢާތު ސޫރަތުގެ 1 ވަނަ އާޔަތުން 14 ވަނަ އާޔަތައް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

وَالنَّازِعَاتِ غَرْقًا ﴿١﴾‏ وَالنَّاشِطَاتِ نَشْطًا ﴿٢﴾‏ وَالسَّابِحَاتِ سَبْحًا ﴿٣﴾‏ فَالسَّابِقَاتِ سَبْقًا ﴿٤﴾‏ فَالْمُدَبِّرَاتِ أَمْرًا ﴿٥﴾‏ يَوْمَ تَرْجُفُ الرَّاجِفَةُ ﴿٦﴾‏ تَتْبَعُهَا الرَّادِفَةُ ﴿٧﴾‏ قُلُوبٌ يَوْمَئِذٍ وَاجِفَةٌ ﴿٨﴾‏ أَبْصَارُهَا خَاشِعَةٌ ﴿٩﴾‏ يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ﴿١٠﴾‏ أَإِذَا كُنَّا عِظَامًا نَّخِرَةً ﴿١١﴾‏ قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ ﴿١٢﴾‏ فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ ﴿١٣﴾‏ فَإِذَا هُم بِالسَّاهِرَةِ ﴿١٤﴾‏

މާނައީ: ގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ. (1) އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (مؤمن ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ. (2) އަދި ކަލާނގެ أمر ފުޅުތަކާއިގެން ދަތުރުކުރައްވާ ملائكة ން ގަންދެއްވަމެވެ. (3) އަދި (مؤمن ންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ ملائكة ންނާއިއެވެ. (4) އަދި (ދުނިޔޭގެ) ކަންތައްތައް تدبير ކުރެއްވުމުގައި އުޅުއްވާ ملائكة ންނާއިއެވެ. (5) (ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ. (6) އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ. (7) އެދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ. (8) އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ. (9) އެއުރެން ބުނެތެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދުކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެން ވާނޭހެއްޔެވެ؟ (10) ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށްފަހުގައިވެސް ހެއްޔެވެ؟ (11) އެއުރެން ބުނޫއެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ. (12) ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ. (13) ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشر ބިމުގައެވެ. (14) 

· ފިރްޢައުނުގެ ވާހަކަ: 

ﷲ ތަޢާލާ ނާޒިޢާތު ސޫރަތުގެ 15 ވަނަ އާޔަތުން 26 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

هَلْ أَتَاكَ حَدِيثُ مُوسَىٰ ﴿١٥﴾‏إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى ﴿١٦﴾‏ اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ﴿١٧﴾‏ فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ ﴿١٨﴾‏ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ﴿١٩﴾‏ فَأَرَاهُ الْآيَةَ الْكُبْرَىٰ ﴿٢٠﴾‏ فَكَذَّبَ وَعَصَىٰ ﴿٢١﴾‏ ثُمَّ أَدْبَرَ يَسْعَىٰ ﴿٢٢﴾‏ فَحَشَرَ فَنَادَىٰ ﴿٢٣﴾‏ فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴿٢٤﴾‏ فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ ﴿٢٥﴾‏ إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ ﴿٢٦﴾‏

މާނައީ: موسى ގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ (15)طوى އޭ ކިޔުނު مقدّس ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ. (16) فرعون ގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ. (17) އަދި ކަލޭގެފާނު (އޭނާޔަށް) ވިދާޅުވާށެވެ! كافر ކަމުން طاهر ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟ (18) އަދި ކަލޭގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން މަގު ދެއްކުމަށްވެސް މެއެވެ. އެއީ (އެކަލާނގެއަށް) ކަލޭ ބިރުވެތިވުމަށްޓަކައެވެ. (19) ފަހެ، އެކަލޭގެފާނު، އޭނާޔަށް ބޮޑުވެގެންވާ معجزة ދެއްކެވިއެވެ. (20) ފަހެ، އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ. (21) ދެން އޭނާ އެނބުރި، ފުރަގަސްދީ (ދެކޮޅުވެރިކަމުގެ) މަސައްކަތް ކުރަންފެށިއެވެ. (22) ފަހެ، (އޭނާގެ لشكر) އެއްކުޅައެވެ. އަދި ގޮވައިލިއެވެ. (23) ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ. (24) ދެން آخرة އާއި، ދުނިޔޭގެ عقوبات އެއްގެ ގޮތުން اللَّه އޭނާ ހިއްޕެވިއެވެ. (25) ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން، އެކަމުގައި عبرة އެއްވާކަން ކަށަވަރެވެ. (26)

 

މިއަދު އޮންލައިން