ކުރާއަޅުކަން ސޯޝަލްމީޑިއާގައި ހާމަކުރުން ހުއްދަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކުރާއަޅުކަން ސޯޝަލްމީޑިއާގައި ހާމަކުރުން ހުއްދަވާނެތަ؟

ކުރާ އަޅުކަން ފޮޓޯނަގައި، ވީޑިއޯކޮށް ސޯޝަލްމީޑިއާގައި ޢާންމުކުރުމަކީ ކޮންކަހަކަމެއްތޯ؟

ކުރެއްވި ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ އެއީ އޭނާ ފަދައިން އަޅުކަންކުރަން އެހެން މީހުންނަށްވެސް ހިތްވަރުދިނުމުގެ ނިޔަތުގައި ކުރިކަމަކަށްވާނަމަ އެކަމުގައި މައްސަލައެއް ނެތްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާކަމަށެވެ. އަދި ބައެއް ޢިލްމުވެރިންވެސް އެނިޔަތުގައި އެފަދަ ކަންކަން ކުރައްވަވައެވެ. އަދި އެކަމުގައި ދެއްކުންތެރިކަން ހިމެނޭނަމަ ކުރިއަޅުކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެކަމަށާއި އެކަމުން ފާފަވެރިވާނެކަމަށްވެސް ވިދާޅުވެއެވެ.

ކޮފީއަށްދަމުން ސޯޝަލްމީޑިއާގައި އެކުވެރިންނަށް ދަޢުވަތުދޭ ފަދައިން ޖަމާޢަތުގެ ނަމާދަށްދަމުންވެސް އެކުވެރިންނަށް ދަޢުވަތުދޭން ބައެއް ޢިލްމުވެރިން ބާރުއަޅުއްވާކަންވެސް ފާހަގަކުރަމެވެ.

ވީމާ އެފަދަ ކަންކަން ކުރާމީހުންގެ ނިޔަތް ނުއެނގިހުރެ ގޮތް ނިންމާކަށް ނުވާނެއެވެ.

ހަމައެއާއިއެކު ވިސްނާލަންވީ ތިމާ އަޅުކަންކުރާ ފޮޓޯ ނުވަތަ ވީޑިއޯ ނުލައިވެސް ހިތްވަރުދެވޭނެކަމެވެ. މިޘާލަކަށް ޢުމުރާގައި ހުރެ ތިމާގެ އަމިއްލަ ފޮޓޯ ހާމަނުކޮށް ޙަރަމްފުޅާއި މީސްތަކުން އަޅުކަންކުރާތަން ހާމަކުރެވިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ނުހިމެނޭނެ ގޮތަކަށް ކަންކަން ކުރުމެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވާށެވެ.

އާލު ޢިމްރާން ސޫރަތުގެ 102 ވަނަ އާޔަތުގައި އަމުރުވެވިގެންވާ ފަދައިން ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތަޤްވާވެރިވުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ؟

މާތް ޞަޙާބީ ޢަބްދު ﷲ ބިން މަސްޢޫދު -رضي الله عنه- ވިދާޅުވެފައިވާ ގޮތުގައި އެއީ ﷲ އަށް ކިޔަމަންވުމާއި އެއިލާހަށް ނުއުރެދުމެވެ. އަދި ﷲ އަށް ޝުކުރުވެރިވުމާއި އެއިލާހުގެ ނިޢުމަތްތަކަށް ކުފުރުނުުވުމެވެ. އަދި ﷲ ގެ ޒިކުރުކުރުމާއި އެއިލާހުގެ ޒިކުރުން ޣާފިލުނުވެމެވެ.

ކުރީގެ ޞާލިޙުން އަޅުކަމެއް އަދާކުރެއްވުމަށް ފަހުގައި ތިއްބަވަނީ އެއަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަފާނެ ކަމުގެ ބިރުވެތިކަމުގައެވެ. އަޅުގަނޑުމެންގެ ޙާލަތަކީ އަޅުކަމެއް ކޮށްފިނަމަ ފޮޓޯ ނަގައި ދެއްކުންތެރިކަމާއި އެކީ އެކަން އިޢުލާންކުރުމެވެ.

--ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން