ކިތަންމެ ބޮޑު ފާފައެއް ކުރިނަމަވެސް ވަޤުތުން ޢަޛާބު ނުފޮނުއްވަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުން- ވަޤުތު ޖެހުމުން ހިއްޕަވާނެ! ހުރަހެއްވެސް ނޭޅޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކިތަންމެ ބޮޑު ފާފައެއް ކުރިނަމަވެސް ވަޤުތުން ޢަޛާބު ނުފޮނުއްވަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުން- ވަޤުތު ޖެހުމުން ހިއްޕަވާނެ! ހުރަހެއްވެސް ނޭޅޭނެ!

އެއްވެސް ބިރެއް ނެތި ބޮޑެތި ފާފަތައްކުރާ މީހުން ބައިވަރެވެ. ފާފަކުރާ މީހުންގެ ތަނަވަސްކަން އުނިނުކުރައްވަވައިވެސް އޭނާގެ ޢުމުރު އެބަހުސްވެއެވެ. އަދި އިރާދަކުރައްވަވާ އަޅުންގެ ތަނަވަސްކަން އަނބުރާ ގެންދަވައެވެ. ހަމައެފަދައިން ފާފަތައްކުރާ މީޙުންނަށް ރަނގަޅު ޞިއްހަތުވެސް ދެއްވަވައެވެ. އިރާދަކުރައްވަވާ އަޅުންނަށް ބަލިޙާލުވެސް ޖައްސަވަތެވެ. 

މިފަދަ ކަންކަމުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

މިއަދު ބައެއް މީހުން ސުވާލު އުފައްދާ އެއްކަމަކީ ބޮޑެތި ފާފަތައް ކުރުމުން ވަޤުތުން ކޯފާ ނުވަތަ ޢަޛާބު ނުފޮނުއްވަވަނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ބަސްތައް ބުނާ މީހުން ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ މިހާރު ދުނިޔޭގައި ތިބި 7 ބިލިއަނެއްހައި މީހުންގެ ތެރެއިން 5 ބިލިއަނެއްހައި މީހުންނަކީ އެންމެ ބޮޑުފާފަކުރަމުން ގެންދާމީހުންނެވެ. 

މިބުނަނީ ޝަރީކުރާ ވާހަކައެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ ވާހަކައެވެ. އެއީ އެންމެ ބޮޑުފާފައެވެ. ޝަރީކުކުރުންމަތީގައި މަރުވެއްޖެ މީހެއްގެ ފާފަ ފުއްސަވައި ނުދެއްވަވާނެތެވެ. އެއީ އެހައިވެސް ބޮޑު ފާފައެކެވެ. އެ 5 ބިލިއަން މީހުންނަށް ކޯފާއެއް ފޮނުއްވަވައިފިނަމަ ދުނިޔޭގެ އާބާދީގެ ތިންބައުިކުޅަ ދެބައި ނެތިގެންދިއައީ ނޫންހެއްޔެވެ؟  

އަދިވެސް ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ދުނިޔެއަށް ކޮންމެ މީހަކުވެސް އުފަން ކުރައްވަވަނީ އެމީހަކު ކުރާނެ ހުރިހާ ކަންކަން ދެނެވޮޑިގެންވާ ޙާލުގައެވެ. މީހަކު ﷲ ތަޢާލާގެ ދީނަށް ފުރައްސާރަކުރީމާ މުސްލިމުން ރުޅި އަންނާނެއެވެ. ލޭކެކޭނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަމްރަތުގައި އެއީ ﷲ ތަޢާލާ އެއްވެސް ވަރަކަށް ކަންބޮޑުވެވޮޑިގަންނަވާނެ ކަމެއް ނޫނެވެ. އެހެނީ އޭނާ ދުނިޔެއަށް ފޮނުއްވެވިއިރުވެސް އޭނާ އެކަންކުރާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

ފާފަކުރާ މީހުންގެ ތެރެއިން ދުނިޔޭގައި ޢުޤޫބާތް ދެއްވަވަން އިރާދަކުރައްވަވާ ކޮންމެ އަޅަކަށްވެސް އެކަމުގެ ވަޤުތު ޖެހުމުން އެކަމެއް މިންވަރުކުރައްވަވާނެތެވެ. އެކަމަށް ހުރަސްއެޅޭނެ ބާރެއް އަދި އެއްވެސް ފަރާތެއް ނުވެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައި އެވަނީ މިދަރުސްގައިވާ ވާހަކަތަކަށް ދަލީލު ލިބިގެންދާ ޙާދިޘާއެއްގެ ވާހަކައެކެވެ.

އޫރެއްގެ ސިފަ ޖައްސައި ރަސޫލް  ގެ ކާޓޫނު ކުރެހި މީހަކު ފުލުހުންގެ ޙިމާޔަތުގާ ފުލުހުންގެ ވެހިކަލެއްގާ ދަތުރުކުރަނިކޮށް އެކްސިޑެންޓްވެ މަރުވެއްޖެއެވެ. ކާރު ރޯވެ އަނދައިދިއައީއެވެ. 

2007 ވަނަ އަހަރު ކާޓޫނު ކުރެހުމުން އުފެދުނު މައްސަލަތަކާއި ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން އޭނާ އުޅެނީ ފުލުހުންގެ ހިމާޔަތުގައެވެ. އެކްސިޑެންޓްވީވެސް ފުލުހުންގެ ޙިމާޔަތުގައި ދަތުރުކުރަނިކޮށެވެ. 

އާދިއްތަ ދުވަހު ސްވިޑްންގައި ހިނގި މިއެކްސިޑެންޓްގައި އޭނާގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރާ 2 ފުލުހަކުވެސް ވަނީ މަރުވެފައެވެ. އެކްސިޑެންޓްވީ ޓްރަކެއްގައި ޖެހިގެންނެވެ. ފުލުހުން އަދި މިހައިތަނަށް ބުނެފައިވަނީ އެއީ ރާވައިގެން ކުރިކަމެއްކަން އެނގެން ނެތް ކަމަށެވެ. 

ﷲ ތަޢާލާ އަށާއި ރަސޫލް  އަށް އަދި އިސްލާމް ދީނަށް ފުރައްސާރަކުރާ އެންމެންވެސް  ވިސްނަންވީ ﷲ ތަޢާލާ ކޯފާއެއް ފޮނުއްވެވުމުން ތިއަ ގެންގުޅޭ ބޮޑީގާޑުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެ ކަމެވެ. 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން