ހުރިހާ ހެޔޮކަމެއް ކުރާއިރުވެސް ކުރިނާރާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހުރިހާ ހެޔޮކަމެއް ކުރާއިރުވެސް ކުރިނާރާ ސަބަބު-

ބައެއް މީހުން ނަމާދުކުރެއެވެ. ޒަކާތް ދައްކައެވެ. ޙައްޖާއި ޢުމުރާވެއެވެ. ޞަދަޤާތް ކުރެއެވެ. ރޭއަޅުކަންވެސް ކުރެއެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ ކުރިއެރުން އެމީހުންނަކަށް ނުލިބެއެވެ. އެހެންވެ ތިމާގެ ކުށަކީ ކޮބައިތޯ އަމިއްލައަށް ސުވާލު އުފައްދައެވެ. ވަކިހިސާބަކުން އެސުވާލު އެހެން މީހުންނާއިވެސް ކުރެއެވެ. 

އެފަދަ މީހުންނަށް ފުރަތަމަވެސް ބުނެލަން އޮތީ ތިބާގެ އަމިއްލަ އަޚްލާޤާއިމެދު ވިސްނައިލަމުހެއްޔެވެ؟ އަޚްލާޤް އެބަ މިނެކިރަން ހެއްޔެވެ؟ 

ފުރިހަަމ މުސްލިމަކަށް ވެވެންއޮތީ އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ހުރެގެންނެވެ. ވީމާ ތިމާގެ ދުލުން ނުބައިބަސްތައް ބުނެވި ރުޅިގަދަވާހިނދު ނުބައި އަނިޔާވެރި ޢަމަލުކުރެވި އެހެން މީހުންގެ އަމިއްލަ ޒާތީ ކަންކަމާއިބެހެވި ޣީބަބުނެވި އަދި މިނޫންވެސް އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތައް ކުރެވޭނަމަ އެމީހާކުރާ އަޅުކަމުގެ ފައިދާނުކުރުން އޮންނާނީ ދާދިގަތުގައެވެ. 

ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރަމުންވެސް އަވަސްޓެރިޔާއަށް ނުބައިކޮށް ކަންކަންކުރި މީހާ ދާނީ ނަރަކައަށް ކަމަށް ޙަދީޘްފުޅުކުރައްވަވާފައި އޮތުމުން މިބުނި ބަހުގެ ދަލީލަކަށް ފުދެއެވެ. އެޙަދީޘްފުޅުން އެނގިގެންދަނީ އަޚްލާޤް ނުބައިވެއްޖެނަމަ އެމީހަކު ކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. 

މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށްވެސް ތިމާގެ އަޚްލާޤް ރަނގަޅުކުރާށެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންގެ ކުރިމަތީގައި އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަންކަން ނުކުރާށެވެ. އަދި އެއްވެސް މީހަކާއިމެދު އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އެއްވެސް ކަމެއް ނުކުރާށެވެ. ކުރާ އަޅުކަމުގެ ފައިދާކުރާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން