ހިދާޔަތުގެ މަތީގަ ސާބިތުވެ ހުންނަން ބޭނުންވާ މީހާ އެކަމަށް އެދި ދުޢާކުރުން ގިނަކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 49ސ
ހިދާޔަތުގެ މަތީގަ ސާބިތުވެ ހުންނަން ބޭނުންވާ މީހާ އެކަމަށް އެދި ދުޢާކުރުން ގިނަކުރަންޖެހޭނެ!

ހިދާޔަތު ލިބޭ އެންމެ ފުރަތަމަ ސަބަބު އަޅުގަނޑު ފާހަގަ ކޮށްލާނަން. އެއީ الدّعَاء ދުޢާކުރުން. ހިދާޔަތަކީ. ﷲ އަށް ދެންނެވުން. 

އެހެންވެ އަޅުގަނޑުމެން ނަމާދުގަ އަބަދު މި ދަންނަވަނީ ހިދާޔަތް. اِهْدِنَا الصِّرَاطَ الْمُسْتَقيم އަޅަމެންނަށް ސީދާވެގެންވާ މަގު ދައްކަވާ އެމަގުގައި އަޅުގަނޑުމެން ލަހައްޓަވާނދޭވެ. މަގު އޮތީ ފެނިފަ. އަޅުގަނޑުމެން މަގު ދައްކަވާށޭ މިއެދެނީ މުސްލިމުން މަގު ދައްކަވާށޭ އެދުމުގެ މާނައަކީ މަގު ދައްކަވާފަ މަގުގަ އަޅުގަނޑުމެން ސާބިތުކޮށް ލެހެއްޓެވުން. 

اِهْدِنَا الصِّرَاطَ الْمُسْتَقيم މާނައަކީ ސީދާވެގެންވާ މަގު އަޅަމެންނަށް ދައްކަވާ އެމަގުގާ އަޅަމެން ލަހައްޓަވާނދޭވެ. އެހެންނޫންތޯ މަގު އޮތީ ފެންނާކަށްނޫންތޯ އެންމެނަށްވެސް. އެހެންވީމަ މަގު ފެނިފައިތިބި ބަޔަކު އެމަގަށް އިތުރަށް ދުޢާ ކުރުމުގެ މާނައަކީ އެމަގުގާ ސާބިތުވެ، މަރުވަންދެން ފައިތިލަ ސާބިތުކޮށް ތިބޭ ބަޔަކުކަމުގައި ލެއްވުން. އެއީ ހިދާޔަތުގެ މަގުގައި މީހާ އުޅެފައި، އެ ހިދާޔަތުގެ މަގުން މީހާ އެކަހެރިވޭ އެކި ސަބަބުތަކާހުރެ. މުދަލާ ތަނަވަސްކަމުން އޭނަ ހިދާޔަތް އެބަ ދޫކޮށްލާ. 

ތަރައްޤީއާ ތަހުޒީބުގެ ނަމުގައި ހިދާޔަތާ ހިދާޔަތުގެ ޤައުމާ ވަޠަން ދޫކޮށްލާއެބަ. ބަޔަކު އުޅޭގޮތް މާ ރީތިވެގެން އެފަރާތަށް އެބަ އެނބުރޭ. އަނެއްކޮޅުން ބައެއްފަހަރަށް މީސްތަކުން އެތައް ދުވަހަކު އެ ހިދާޔަތުގަ އުޅުމަށްފަހުގައި ނުބައި މަގުތައް ޚިޔާރުކޮށް މީހާ ޢުމުރުން ދުވަސްވުމަށްފަހުގައި އަނެއްކާވެސް ނުބައިމަގަށް ވެސް އެންބުރިގެންއެބަދޭ. އެހެންވީމަ اِهْدِنَا الصِّرَاطَ الْمُسْتَقِيْم ސީދާވެގެންވާ މަގަށް އަޅަމެންނަށް މަގު ދައްކަވާ އެމަގުގާ އަޅަމެން ލަހައްޓަވާނދޭވެ. ކޮންމެ ނަމާދެއް ކޮންމެ ރަކުޢަތެއްގައި އަޅުގަނޑުމެން މި ދުޢާ ތަކުރާރުކޮށް ކިޔަންޖެހޭ. 

ނަމާދު ޞައްޙަ ނުވާނެ އެދުޢާ ނުކިޔައެއް. ސޫރަތުލް ފާތިޙާ ނުކިޔައެއް. لاَ صَلاَتَ لِمَن لَمْ يَقْرأْ  لِفَاتِحَةِ الْكتَاب  އެމީހެއްގެ ނަމާދުގައި ސޫރަތުލް ފާތިޙާ ނުކިޔަވާމީހާގެ ނަމާދެއް ނުވެއޭ. ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ. މާތް ނަބިއްޔާ މި ދުޢާ ވަރަށް ގިނައިން ކުރައްވާފަވަނީ. އެކަލޭގެފާނަކީ ހިދާޔަތައިގެން ވަޑައިގެން ސާޙިބާ. އެކަލޭގެފާނު ވިދާޅެއްނުވޭ ތިމަންކަލޭގެފާނުމީ ހިދާޔަތު ފުރިހަމަ މީހެކޭ. ނޫން. އެކަލޭގެފާނު އެދުޢާ ކުރެއްވި ގިނަގިނައިން. "اللهُمَّ إنِّى اَسْأَلُكَ الْهُدَى وَالتُّقَى والْعَفافَ وَالْغِنَى " اللهُمَّ إنِّى اَسْأَلُكَ الْهُدَى ، އަޅުގެ ވެރި ރަސްކަލާކޮ މިއަޅާ އިބަރަސްކަލާނގެ ހަޒްރަތުން އެދެމޭ الْهُدَى ހިދާޔަތް. އޭގެ މާނަޔަކީ އެކަލާނގެ ދެއްވާފައިވާ ސީދާވެގެންވާ ތެދުމަގުގައި ސާބިތުކަމާއެކުގައި ލެހެއްޓެވުން. وَالتُّقَى އަދި ތަޤުވާވެރިކަން. އެހިދާޔަތުގެ މައްޗަށް ﷲ އެންގެވި އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަށް އެކަލާނގެ ނަހީކުރެއްވިހައި ކަންތަކުން ދުރުވެ ރައްކާތެރިވުމަށް. والْعَفافَ އަދި ޢިއްފަތްތެރިކަމާ وَالْغِنَى އަދި ފުދުންތެރިކަމާ. އެ ކީއްވެގެންތޯ؟ ޢިއްފަތްތެރިކަމާ، މާނައަކީ އަނެކުންގެ އަތުގައިވާ ތަކެތި ނުބައި ގޮތްގޮތުން ހޯދައިގަތުމުގެ ވިސްނުމަކީ ހިދާޔަތަށް އެޅޭ ހުރަހެއް. އެއީ ދުނިޔެވީ މުދަލެއް ތިބާގެއަތުގައި ޢިއްފަތްތެރިކަމާއި، އަޅުގަނޑުމެން މިކިޔާ ނަޒާހަތްތެރިކަން ނެތިއްޖެޔާމުން ދުނިޔެވީ މުދަލެއް ހޯދައިގަތުމަށް ތިބާ ދޭންޖެހެނީ ތިބާގެ ޢަޤީދާ ކަމުގައި ވެއްޖެޔާ އެދީފައިވެސް އެ އެއްޗެއް ތިބާ ހޯދާނެ. 

އެހެންވީމަ ޢިއްފަތްތެރިވާންޖެހޭ. وَالْغِنَى އަދި ފުދުންތެރިވާންޖެހޭ. ﷲ ތިބާއަށް މިންވަރުކުރެއްވި އެއްޗަކަށް ތިބާ ރުހޭށޭ އޭރުންނޭ މުއްސަނދިމީހާކަމުގައި ވާނީ. ބައްލަވާ ނަބިއްޔާ ކުރެއްވި ދުޢާތަކުގައި އައިއްސަވޭ. މިތާ މިޔޮތީ ހިދާޔަތަށް އެދިވަޑައިގެންފަ . އަދި އެޔާއެކުގައި ޢިއްފަތްތެރިކަމާ، މާނައަކީ ﷲ ދެއްވި އެއްޗަކަށް ރުހުމުގެ ވިސްނުމާ އަނެކުންގެ އަތުގައިވާ އެއްޗެހި ޙަލާލު ނޫން ގޮތެއްގައި ނެގުމާ، އަދި ބަދުއަޚުލާޤީ އެއްމެހައި ކަންތައްތަކުން މީހާ ރައްކާތެރިވުމާ، އަދި މީހާ ފުދުންތެރިވުމާ، މިކަމަށް އެދިވަޑައިގެންފަ އެކަލޭގެފާނު އެކަންކަމަށް ރައްކާތެރިވުމަށް އެދިވަޑައިގެން ކަންތައްތަކުގެ ތެރޭގައި އައިސްފައި ވަނީ "اللَّهُمَّ إنِّى أَعُوْذُ بِكَ مِنَ الْكُفْرِ وَالْفَقْرْ" އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ ކާފިރުކަމާއި ފަޤީރުކަމުން އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. 

އެއީ ކީއްވެގެންތޯ الْفَقْرْ ފަޤީރު ކަމަކީ ކުފުރަށް މީހާ ގެންދާ ކަމެއް، ބޭރުދުނިޔޭގައި އެހެން ދީންތައް ފަތުރާ މީހުން މުސްލިމުން ބިކަޙާލުގައި ޖެހިފައިވާ ޤައުމުތަކަށް މިއަންނަނީ ބިކަޙާލުގައި ޖެހިފައިވާ ރައްތަކަށް މިއަންނަނީ އައިސް އެމީހުންގެ އެބަނޑުހައިހޫނުކަން ފިލުވުމަށްޓަކައި ކާއެތިކޮޅަކަށް ބޭނުންވެފައި ތިއްބާ އެކާއެތިކޮޅު ދީފާ ކަލޭމެން ނަޞާރާ ދީނަށް ވަންނާށޭ ބުނެފިއްޔާ އެމީހުން ވަންނާނެ ކޮންމެމީހެއްގެ ޢަޤީދާއެއް ނުހުރޭ އޭގެ މާނައަކީ، كُفَّ الكُفْر އޭގެ މާނައަކީ މީހާ ކުފުރަށް ހުށަހެޅޭ ކަމެއް  މީހާ ކާއެތިކޮޅެއް ނުލިބުނީމާ، މީހާ ބޯނެއެއްޗެއް ނުލިބުނީމާ އެހިސާބުންފެށިގެން އޭނަގެ ދީން ދޫކޮށްލާފަވެސް އޭނާ އޭނާގެ ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި އެމަގު ޚިޔާރު ކުރާނެ.

 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން

 

 

މިއަދު އޮންލައިން