ކައިވެނީގެ ކާމިޔާބީ ގުޅިފައިވަނީ ތަނަވަސްކަމާއިކަމަށް ދުށުމަކީ ކުރެވޭ ބޮޑު ކުށެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައިވެނީގެ ކާމިޔާބީ ގުޅިފައިވަނީ ތަނަވަސްކަމާއިކަމަށް ދުށުމަކީ ކުރެވޭ ބޮޑު ކުށެއް!

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކައިވެނީގެ ކާމިޔާބީއަކީ އަނެކާގެ އެކައުންޓަށް ޖަމާކުރެވޭ ގިނަ ޢަދަދެއްގެ ފައިށާތައް ކަމަށެވެ. ނުވަތަ ކައިވެންޏަށްފަހު ތަނަވަސް ދިރިއުޅުމެއް އުޅެވުން ކަމަށެވެ. 

މިއީ ވަރަށް ގޯސް ވިސްނުމެކެވެ. ކައިވެނީގެ ޙަޤީީޤީ ފައިދާ ގުޅިފައިވަނީ ތަނަވަސްކަމަކާއެއް ނޫނެވެ. އެންމެ ވަޢުދަކާއިއެވެ. އެ ވަޢުދަކީ ދެމީހުން ޢުމުރަށް އެކުގައި ދިރިއުޅުމުގެ ވަޤުތެވެ. މިވަޢުދުގެ މާނައިގައި އެކަކު އަނެކަކަށް ވަފާތެރިވުމާއި ލޯބި ދެމެހެއްޓުން ހިމެނޭ ގޮތަށެވެ. 

މިވަޢުދު ދެމެހެއްޓުމަކީ އެކަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ދެމީހުންވެސް އެކަންކަން ޙާޞިލުކުރަން މަސައްކަތްކޮށްގެންނެވެ. ކަމެއް ދިމާވާއިރަށް ނުވަތަ ރީތި، ތަނަވަސް މީހަކު ލިބިދާނެކަމަށް ހީވާއިރަށް ކައިވެނި ރޫޅައިލުމުގެ ވިސްނުން ދެމީހުންވެސް ދޫކޮށްލައިގެންނެވެ. 

ބުނަން ހެއްޔެވެ؟ ފައިސާއާއި ތަނަވަސްކަން ކިތަންމެ މުހިންމު ނަމަވެސް ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ތަނަވަސްކަމަކާއެއް ނޫނެވެ. ތަނަވަސް މީހުންނަށްވުރެ މާއުފަލުގައި ތަނަވަސްކަމެއް ނެތް ފަޤީރު ދެމަފރިން އެކުގައި ލޯބިން ދިރިއުޅޭތަން ފެންނަލެއް މަދީހެއްޔެވެ؟ އެކަމުން އަންގައިދެނީ އުފާވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ ތަނަވަސްކަމާއި ނޫންކަމެވެ. ލޯތްބާއި ވަފާތެރިކަމާއިކަމެވެ. 

މައްސަލައަކަށް ވެގެން މިއުޅެނީ މިޙަޤީޤަތް ޤަބޫލުކުރަން ބޭނުން ނުވެވޭކަމެވެ. ޤަބޫލުނުކުރުމަކީ ކަމުގެ އަޞްލަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް އަޞްލު އަބްލުގެ ގޮތުގައި ދެމިއޮންނާނެއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން