އަނބިމީހާގެ ނުރުހުމުގައި ފިރިމީހާގެ ޢާއިލާއާއިއެކު ދިރިއުޅެން ގެންގޮސްގެން ނުވާނެ! އަނބިމީހާ ހިތުން ރުހުމުން ދިއުމަކީ ޞަދަޤާތެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަނބިމީހާގެ ނުރުހުމުގައި ފިރިމީހާގެ ޢާއިލާއާއިއެކު ދިރިއުޅެން ގެންގޮސްގެން ނުވާނެ! އަނބިމީހާ ހިތުން ރުހުމުން ދިއުމަކީ ޞަދަޤާތެއް!: ބިލާލް އައްސަދު

ކައިވެންޏަށްފަހު އަނބިމީހާ އިންނާނެ ތަނެއް ދެއްކުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ނަމަވެސް ތަނެއް ދެއްކުމުގެ ގޮތުން އަނބިމީހާގެ ނުޤަބޫލުގައި ގަދަކަމުން ގެންގޮސް ފިރިމީހާގެ ޢާއިލާ އާއިއެކު ދިރިއުޅެން މަޖުބޫރުކުރުމެއް ނެތެވެ.

ފިރިމީހާގެ ޢާއިލާއިންވެސް އެކަމަށް މަޖުބޫރުކުރުމެއް ނެތެވެ. މަޖުބޫރުކުރާނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. އެކަމުގެ ސަބަބުން ގިނަ ފަހަރު އޮންނަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. ފުރަތަމަ ކޮޅު ތަންކޮޅެއް އޮމާންކޮށް ކަންކަން ދިއަނަމަވެސް ދުވަސްކޮޅަކުން އޮންނަނީ ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެފައެވެ. އަބަދުހެން ޒުވާބުކުރަން ޖެހިފައެވެ.

ނަމަވެސް އަނބިމީހާ އެކަމަށް ރުހޭނަމަ ފިރިމީހާގެ ގެއަށް ގެންދެވިދާނެއެވެ. އެއިރުން އެކަންވާނީ އަނބިމީހާގެ ފަރާތުން ކުރެވޭ ޞަދަޤާތަކަށެވެ. ފިރިމީހާގެ ގެއަށް ގެންދިއަ ނަމަވެސް އަނބިމީހާއަކީ އަޅަކަށް ނުވަތަ ގޭގެ ނޯކަރަށް ހެދިއަދީގެންނުވާނެއެވެ.

އެހެންވެ ބުއްދިވެރިއަކު އޭނާގެ އަނބިމީހާއަށް ބުނެފައިވެއެވެ. "އަހުރެންގެ މައިންބަފައިންގެ އަޅަކަށް ނުވާށެވެ. އަދި އެމީހުންނަށް ނަފްރަތުވެސް ނުކުރާށެވެ. އަދި އެއްވެސްކަމެއްގައި އެމީހުންނަށް ބަރޯސާނުވާށެވެ."

ހަމައެއާއިއެކު ތަޖުރިބާއަށް ބަލައި ބުނެވެން އޮތީ ކައިވެންޏަށްފަހު ދެމަފިރިން ވަކިން ދިރިއުޅެފައި މައިންބަފައިންނަށް އެމީހުންގެ ޙައްޤުތައް އަދާކުރާނަމަ އޮންނަން ޖެހޭ ގުޅުން މާރަނގަޅަށް އޮންނަ ކަމަށެވެ.

އަނބިމީހާއަށް ބޯހިޔާވަހިކަން ﷲޯރުކޮށްދިނުމަކީ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤަކަށްވާއިރު މާލީގޮތުން ބަލައިފިނަމަ، ކައިވެނީގެ ރަން އަދާކުރުމާއި ކާންބޯންދިނުމާއި ބޭސްފަރުވާކޮށްދިނުމާއި އަންނައުނު ދިނުމާއި އަދި ފިރިމީހާގެ ކުރިމަތީގައި ޒީނަތްތެރިވާނެ ތަކެތި ހޯދައިދިނުމަކީވެސް ފިރިމީހާއަށް ކުރަންޖެހޭނެ ކަންކަމެވެ.

--މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން