އެއްވެސް މީހަކަށް އެމީހާ މަރުވާނެގޮތް ނުނިންމޭނެ! ލިބިގެންވަނީ ޙަޔާތް ހޭދަކުރާނީ ކޮންގޮތަކަށްކަން ނިންމުމުގެ އިޚްތިޔާރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެއްވެސް މީހަކަށް އެމީހާ މަރުވާނެގޮތް ނުނިންމޭނެ! ލިބިގެންވަނީ ޙަޔާތް ހޭދަކުރާނީ ކޮންގޮތަކަށްކަން ނިންމުމުގެ އިޚްތިޔާރު!

އަހަރެމެން މަރުވާނީ ކޮންގޮތަކަށް ކަން ނިންމުމުގެ އެއްވެސް އިޚްތިޔާރެއް އަހަރެމެންނަށް ލިބިގެނެއް ނުވެއެވެ. އެކަމަކު އަހަރެމެންގެ ޙަޔާތް ހޭދަކުރާނީ ކޮންގޮތަކަށްކަން ނިންމުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިގެންވެއެވެ

އަބޫބަކްރުގެފާނު އަވަހާރަވީ ދާންމަތިކޮޅުގައެވެ.

ޢުމަރު ރަޟިޔަﷲ ޢަންހުއާއި ޢަލީ ރަޟިޔަﷲ ޢަންހު ޙަމަލާދީ އަވަހާރަކޮށްލީއެވެ. (ޝަހީދުކޮށްލީއެވެ.)

ޢުޘްމާނު ރަޟިޔަﷲ ޢަންހު ކަތިލައި އަވަހާރަކޮށްލީއެވެ. (ޝަހީދުކޮށްލީއެވެ.)

އަބޫ ޢުބަރިދާ ރަޟިޔަﷲ ޢަންހު ނިޔާވީ ޠާޢުނު ބަލީގައެވެ.

އެކި ގޮތްގޮތަށް މި ދުނިޔެއާއި ވަކިވި ބޭކަލުންނެވެ. އެހެންނަމަވެސް، އެ ބޭކަލުން މި ދުނިޔޭގައި އުޅުއްވި އުޅުއްވުމުގައި އެއްގޮތް ކަންތައްތަކެއް ވެއެވެ. އެއީ ތަޤްވާވެރިކަމާއި، އަޅުވެރިކަމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރު ދެއްވުމާއި، މުސްލިމް އުންމަތާމެދު ފަރުވާ ބެހެއްޓެވުމެވެ.

ކޮންމެ ގޮތަކަށް މަރުވެގެން ދިޔަ ކަމުގައިވިޔަސް، ޢަމަލުތައް އިޞްލާޙުވެފައިވާނަމަ، ހިތާމައެއް ނެތެވެ. މަރުވީ ގެނބިގެންތޯ، އެކްސިޑެންޓެއް ވެގެންތޯ، ކޮވިޑް ޖެހިގެންތޯ، ފިހިގެންތޯ، ބައްޔެއްގައިތޯ، މުހިންމެއް ނޫނެވެ. މުހިންމީ ޢަމަލުތަކެވެ. ދުނިޔޭގައި އުޅުނު ގޮތެވެ.

ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން