އަނެއް ހިދާޔަތަކީ ސުވަރުގެއާއި ނަރަކަ ޔަށް އެކަލާނގެ ދެއްވާ ހިދާޔަތް، މަގުދެއްކެވުން. އޭގެ މާނައަކީ ޤިޔާމަތް މަޙްޝަރުގެ މައިދާނުގާ ސުވަރުގެއަށް الله سُبْحَانَهُ وتَعَالى އެކަލާނގެ ރަޙްމަތުން އެކަލާނގެ ފަޟްލުވަންތަވެރިކަމުން ސުވަރުގޭގެ ނިޢުމަތް ދެއްވިމީހުން ދާންވީ ކޮންދިމާލަކަށްކަން އެސުވަރުގެ ވަނީ ކޮންތާކުކަން، އެސުވަރުގެއަށް ދާނީ ކޮން މަގަކުންކަން ޤިޔާމަތް ދުވަހު މާތް ﷲ އެއަޅުތަކުންނަށް އަންގަވާނެ.
އެއްވެސް މީހަކު ޤަބުރުން ތެދުވެގެން މަޙްޝަރުގެ މައިދާނުން ނިކުމެގެން ތިމަންނަ ދާންވީ ކޮންތާކަށް ކަމެއް ތިމަންނަ ހިނގަންވީ ކޮން މަގަކުންކަމެއް ކޮންދިމާއަކަށް ކަމެއް ތިމަންނަ ދާންވީ އެހެންނެއް އޮޅުމެއް ނާރާ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއާ ދިމާއަށް ދާނޭމަގު ﷲ ދައްކަވާނެ ޤިޔާމަތް ދުވަހުން.
ހަމައެގޮތަށް ނަރަކައިގެ އަހުލުވެރިންވެސް މަޙްޝަރުގެ މައިދާނުގައި އެބައި މީހުން ދާންވީ ކޮންތާކަށް ކަން އެމަގު ޤިޔާމަތްދުވަހުން الله سُبْحَانَهُ وتَعَالى އެބައިމީހުންނަށް ދައްކަވާނެ. މީކަން ތިޔަބައިމީހުން ހިނގަންޖެހޭ މަގަކީ އެމަގުންކަން ތިޔަބައިމިހުންގޮސް ނަރަކައަށް ވަންނާނީ، އެއްވެސް މީހަކަށް ދާންވީ ކޮޅެއް ނޭނގިގެން ދާންވީ ތަނެއްނޭގިގެން ތިމަންނަ ދާނީ ނަރަކަޔަށްތޯ ސުވަރުގެޔަށް ނޭނގިގެން ނޫނިއްޔާ ތިމަންނަ ދާންވީ ނަރަކަޔަށް ކަމާއި އެނަރަކަ ހުރީ ކޮންތާކުކަމެއް ނޭނގިގެން އޔޅޭކަށް ނުޖެހޭނެ.
އެހެންނެއް ނޫން ސުވަރުގޭގެ އަހުލުވެރިންނަށް ސުވަރުގެޔަށް ދާނޭމަގު ﷲ ދައްކަވާނެ. ނަރަކައިގެ އަހުލުވެރިންނަށް އެނަރަކަޔަށް ދާނޭ މަގުވެސް الله سُبْحَانَهُ وتَعَالى ދައްކަވާނެ.
--ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން