އިސްލާމް ދީނުގަ ބަޔާންވެގެންވާ ކޮންމެކަމެއްވެސް ބަޔާންވެގެންވާ ގޮތަށް ކުރާށެވެ! ބަދަލުގެނައުމުގެ ޙައްޤު ހަމަ އެކަކަށްވެސް ލިބިގެނެއް ނުވޭ!: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އިސްލާމް ދީނުގަ ބަޔާންވެގެންވާ ކޮންމެކަމެއްވެސް ބަޔާންވެގެންވާ ގޮތަށް ކުރާށެވެ! ބަދަލުގެނައުމުގެ ޙައްޤު ހަމަ އެކަކަށްވެސް ލިބިގެނެއް ނުވޭ!: ޚުޠުބާ

ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުޠުތައް އެނގުމަކީ ވެސް މުހިންމު ކަމެކެވެ. މި ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، މި ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ، ޝައްކުކަމެއް ނެތި ޔަޤީންކުރަންވާނެއެވެ. އަދި މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، ދުލުން ކިޔައި، ހިތުން އިޤުރާރުވާންވާނެއެވެ. އަދި މިދެކަލިމަ މަތިވެރިކޮށް، މިދެކަލިމަ ލާޒިމްކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވެއެވެ. އަދި މުޅި އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަންނަން ވާނެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ ޙަޤީޤީ މާނާގައި ޝަހާދަތުގެ ދެކަލިމައަށް އީމާންވާ ބަޔަކު ކަމުގައި ލައްވާނދޭވެ!

އަހަރެމެންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރެމެންގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިގައިވާ ކަމުގެ ނިޝާނެކެވެ.

މިއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ފާފައެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީ ފާފައެކެވެ. އެހެންކަމަށްވާނަމަ، އޭނާގެ ހަވާނަފްސު ކިތަންމެ ބޭނުންވިޔަސް، އިސްލާމީ ޝަރީޢަތުގައި ފާފައެއް ނުވަތަ ކުށެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމެއްކުރުމަށް އޭނާ ފަސްޖެހޭނެއެވެ. އަދި ﷲ އާއި ރަސޫލާ ކަމަކަށް އަމުރުކުރައްވާފައި ވާނަމަ،

ނުވަތަ ކަމެއް ނަހީކުރައްވާފައި ވާނަމަ އެކަމެއްގައި އޭނާއަށް އިޚްތިޔާރެއް ލިބިފައިވާ ކަމަކަށް ނުދެކޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ----- މާނައީ: "އަދި الله އާއި، އެކަލާނގެ رَسُوْل އާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، مُؤُمِن ފިރިހެނަކަށްވެސް، އަދި مُؤُمِن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اِخْتِيَارُ އޮތުމަކީ ނެތްކަމެކެވެ. އަދި الله އަށާއި، އެކަލާނގެ رَسُوْل އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

--މިއަދުގެ ޚުޠުބާއިން

މިއަދު އޮންލައިން