ދެމީހުން އެކުގަ ތިބޭއިރު ފޯނަށް ހުރިހާ ސަމާލުކަމެއް ދޭން ބޭނުންވާ މީހުން ރަނގަޅުވާނީ ފޯނާ ކައިވެނިކުރުން! އެއިރުން ޝަކުވާ ކުރާނެ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދެމީހުން އެކުގަ ތިބޭއިރު ފޯނަށް ހުރިހާ ސަމާލުކަމެއް ދޭން ބޭނުންވާ މީހުން ރަނގަޅުވާނީ ފޯނާ ކައިވެނިކުރުން! އެއިރުން ޝަކުވާ ކުރާނެ މީހަކު ނުހުންނާނެ!

ލޯބިވެރިޔާ އާއި ބައްދަލުނުވުމުން ކަންބޮޑުވެއެވެ. ގަޑި ކިޔައިގެން ކޮންމެވެސް ހަނިދޭތެރެއަކުން ނަމަވެސް ބައްދަލުކުރެއެވެ. ބައްދަލުވީމާ ސަމާލުކަން ދެވެނީ ފޯނަށެވެ. އަނެކާއަށްވުރެ ބޮޑަށް ފޯނަށް ބަލައި ފޯނާއި ކުޅެވޭނަމަ އެވަރުން ބައްދަލުކުރީ ކީއްކުރަންހެއްޔެވެ؟  

ދެން އޮތީ ކައިވެންޏަށް ފަހުގައެވެ. ފިރިމީހާ ގެއަސް ނައިސް ލަސްވާނަމަ ކަންބޮޑުވެއެވެ. އިންތިޒާރުގެ ވަޤުތުތައް ދިގުލައިދާކަމުގެ ޝަކުވާތައްވެސް ކުރެވެއެވެ. ހަމައެފަދައިން އަނބިމީހާގެ ގާތަށް އަވަހަށް ގެއަށް ނުދެވިގެން ކަންބޮޑުވެއެވެ. އެކަމަކު ގެއަސް ދެވުނީމާ ސަމާލުކަން ދެވެނީ ފޯނަށެވެ. ބައެއް އަނބިންނަށްވެސް ފިރިމީހާ ގެއަށް ވަނުމުން ސަމާލުކަން ދެވެނީ ފޯނަށެވެ.  

މިކަމުގައި ވަކި މީހަކު ކުށްވެރިކުރާކަށް ނެތީމެވެ. މިގޮތަށް ޢަމަލުކުރަނީ ކޮންބައެއްކަމުގެ ވާހަކަ އެހައި މުހިންމެއް ނޫނެވެ. މުހިންމީ މިގޮތަށް ޢަމަލުކުރެވޭ ފިރިހެނުންވެސް އަދި އަންހެނުންވެސް މިނުބައި އާދަ ދޫކޮށްލުމެވެ.  

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ކައިވެނި ނުކުރެވިގެން އުޅޭއިރު ދެމީހުންވެސް އުޅެނީ ބައްދަލުވެ ވާހަކަދައްކަން ލިބޭ ވަޤުތު މަދުވެގެން އެކަމާ ކަންބޮޑުވެގެންނެވެ. އެކަމަކު ކައިވެނިކުރުމަށްފަހު އެކުގައި ނިދަން އަރާފައިވެސް ފޯނަށް ސަމާލުކަންދޭ ބައަކު އެބަ އުޅެއެވެ. އެމީހުން ފޯނާއި ކައިވެނިކުރިނަމަ އަނެކާއަށް އޭނާއަށް ސަމާލުކަްނ ނުދީގެން އެކަމުގެ ޝަކުވާކުރާކަށް ނުޖެހުނީހެވެ."  

މިހިރީ ޒަވާޖީ ޙަޔާތުގައި ވިސްނަން ޖެހޭނެ ކަންކަމެވެ. ޒަވާޖީ ޙަޔާތެއްގައި އެންމެ މުހިންމު އެއްކަމަކީ ދެމީހުންވެސް އެކަކު އަނެކަކަށް ސަމާލުކަން ދިނުމެވެ. ގިނަ މައްސަލަތައް އުފެދެނީ އެކަމަށް ސަމާލުކަން ނުދެވޭތީއެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން