ޤުރްއާނަށް ފުރަގަސްދޭއިރު ތިބާއަށް މި ގަދަފަދަ އިންޒާރު ދެއްވަވާފަ އޮތްކަން ނުއެނގެނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޤުރްއާނަށް ފުރަގަސްދޭއިރު ތިބާއަށް މި ގަދަފަދަ އިންޒާރު ދެއްވަވާފަ އޮތްކަން ނުއެނގެނީހެއްޔެވެ؟

ޤްރުއާނުގަ ވަކިގޮތަކަށް ޙުކުމްބާވައިލައްވަވާފައިވާ ކަންކަމުގައި ޙުކުމް ދޫކޮށްލައި ބައިނަލްއަޤްވާމީ ބުނާ ގޮތަށް ނޫނީ ޤާނޫނު ބުނާގޮތަށް ޢަމަލުކުރުން ހުއްދަތޯ؟

ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ!

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ

އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް  ފޮނުއްވާހުށީމެވެ." (ޠާހާ: 124)

މިހާރަކަށް އައިސް ގިނައިން އަޑުއިވެއެވެ. "ޤާނޫނުގައި އޮތީ މިހެންނެވެ. އދ ގެ ޗާޓަރުގައި އޮތީ މިވެނިގޮތަށެވެ. މިވެނި އެވެނި ޖަމިއްޔާއަކުން ބުނަނީ މިހެންނެވެ." އެގޮތްގޮތަށް ޤާނޫނުވެސް ބުނެފާނެއެވެ. އެޖަމިއްޔާތަކުންވެސް ބުނެފާނެއެވެ.

ސުވާލަކީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހެނީ ﷲ ތަޢާލާއަށް ކަމުގައިވާއިރު ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަށް ޢަމަލުނުކުރީމާ ދެންވާނީ ކިހނެއްހެއްޔެވެ؟ ތިބާގެ ދިފާޢުގައި ޤާނޫނު ހަދާ މަޖިލީހާއި މަޖިލީހުގެ ރައީސް އާއި މަޖިލިސް މެންބަރުންނަށް ނުވަތަ ސަރުކާރަށް އެދުވަހު ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟ އދ އާއި ޖަމާޢަތްތަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ސަރުކާރުން ޤުރްއާނަށް ފުރަގަސްދީ ޢަމަލުނުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ސަރުކާރަށެވެ. އެމީހަކު ޒިންމާވާންޖެހޭނީ އެމީހަކު ކުރިކަމަށެވެ. ވީމާ ތިމާ ކުރާ ކޮންމެ ކަމެއްވެސް ޤުރްއާނުގައިވާ ފަދައިން ކުރަން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް އެހުރެވެނީ ޤުރްއާނަށް ޢަމަލުކުރުމުގައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން