އަންހެނުންގެ ޢިއްދައިގެ މުއްދަތު ކަނޑައެޅުއްވެވީ ﷲ! ބަދަލެއް ނުގެނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އަންހެނުންގެ ޢިއްދައިގެ މުއްދަތު ކަނޑައެޅުއްވެވީ ﷲ! ބަދަލެއް ނުގެނެވޭނެ!

ޢިލްމީ ގޮތުން އިންސާނުން ކުރިއަރައިދިއުމަކީ ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އެއްވެސް ޙުކުމްފުޅަކަށް ގޮންޖެހޭނެ ކަމެއް ނޫނެވެ. އޮތީ ޢަމަލުކުރުމެވެ. ކިތަންމެ މޮޅު ސްކޭނެއް ނުވަތަ ޓެސްޓެއް ހަދައިގެން ނަތީޖާ ހޯދެން އޮތްނަމަވެސްމެއެވެ.

އަންހެނުންގެ ޢިއްދައިގެ މުއްދަތު ބާވައިލެއްވެވީ ﷲ ތަޢާލާއެވެ. ވީމާ ކުރުކޮށްލުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. ވީމާ ވަރިކުރިއިރު އިނީ ބަލިވެނޫންކަމަށް ކިތަންމެ ގިތަ ޓެސްޓްތަކަކުން ދެއްކިނަމަވެސް އަންހެނުންނަށް ޖެހޭނީ ޢިއްދައިގެ މުއްދަތު ފުރިހަމަކުރާށެވެ

ތިރީގައިވާ ލިޔުންކޮޅަށް ބައްލަވައިލައްވާށެވެ!

ޤުރްއާނުގަވާ ޙުކުމަކަށް ގޮންޖެހޭނެ ޖަމިއްޔާއެއް ނެތެވެ. ގެންނަ ބަދަލު ނުވަތަ ބަދަލުގެނަޔަސް  މުސްލިމުން ބަލައެއް ނުގަންނާނެއެވެ. ތަކްރާރުކޮށް މާނަ އާއެކު ބައްލަވާލައްވާށެވެ!

މި ޙުކުމަށް ގޮންޖަހާފައި ބައިނަލް އަޤްވާމީ ޖަމްޢިއްޔާ އޭ ބުނިނަމަވެސް މުސްލިމުން ގަބޫލު ކުރާނީ ޤުރްއާނާއި ސުންނަތުގައި އައިސްފައިވާގޮތެވެ. ތަކްރާރުކޮށް މާނަ އާއި އެކު ބައްލަވާލައްވާށެވެ!

حَمْلَهُنَّ ۚ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا

"އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަކީ، އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ. އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ." (އައްޠަލާޤް: 4 )

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން