ކައިވެނީގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރެވިއްޖެނަމަ ދަތުރަށް ބަލައި ފައިބައިވަޑައިގަންނަވާނީ ރަޙްމަތުގެ މަލާއިކަތުން- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކައިވެނީގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރެވިއްޖެނަމަ ދަތުރަށް ބަލައި ފައިބައިވަޑައިގަންނަވާނީ ރަޙްމަތުގެ މަލާއިކަތުން- އިން ޝާ ﷲ

ކައިވެނީގެ ބޭނުމަކީ އެކުގަ ނިދުމާއި ޕާޓީތަކަށް ދިއުމާއި ރީތި މަންޒިލްތަކަށް ދަތުރުތަކުގައި ދިއުން ކަމަށް ނުހަދާށެވެ! ކައިވެނީގެ ޙަޤީޤީ ބޭނުން އެއަށްވުރެ މާމަތިވެރިއެވެ. ކުރަން އޮތް ދަތުރުވެސް މާމަތިވެރިއެވެ.

އެދަތުރުދާން ޓިކެޓް ގަންނާކަށް ނުޖެހޭނެއެވެ. ފުރަން އެއާޕޯޓަށް ދާކަށްވެސް ނުޖެހޭނެއެވެ. އެދަތުރަސް ތިބާ ކޮލިފައިވެއްޖެނަމަ ތިބާ ހުރި ކޮންމެތަނަކަށް ތިބާ ބަލައި ފައިބާވަޑައިގަންނަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ.

އެބޭކަލުން ފައިބާވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ހުވަނދުވެސް ހިއްޕަވައިގެންނެވެ. އެތަކެތިން ތިބާ ޒީނަތްތެރިކުރެވިގެން ގެންދެވޭނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.

ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އެދަތުރަށް ކޮލިފައިވާ އަޅުންގެ ގޮތުގައި މަރުވުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމެވެ.

އެކަން ޙާޞިލްކުރެވޭނީ ކައިވެނީގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރެވިގެންނެވެ. އެއީ ދުނިޔޭގައި ދެމީހުން ބަނދެވުނު ބަނދެވުން އެގޮތުގައި ބެހެއްޓުމެވެ. އެގޮތުގައި ބެހެއްޓުމަކީ ﷲ ތަޢާލާގެ އިސްމްފުޅުން ކުރި ކައިވެނި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ކުރިއަށް ގެންދިއުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ދެމަފރިން އެކުގައި ރޭއަޅުކަންކުރުންމަތީގައި ދެމިތިބުމެވެ.

ކައިވެނީގެ ޙަޤީޤީ ބޭނުން މިބަޔާންކުރީއެވެ. މިއީ ކައިވެނީގެ މަޤްޞަދު ކަމުގައި ހަދައިފިނަމަ ކައިވެނި ދެމިއޮންނާނީ އުފާވެރިކަމާއިއެކުގައެވެ. ވަރީގެ ވާހަކަ ދައްކާކަށްވެސް ނުޖެހޭނެއެވެ. އެއިގެ ބަދަލުގައި ދައްކާނީ އެކުަގއި ސުވަރުގޭގައި ތިބުމުގެ ވާހަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން