ޢަމަލުތައް ނުބައިވުމަކީ ހިދާޔަތުން މަޙްރޫމް ކުރައްވަވާނެ ސަބަބެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޢަމަލުތައް ނުބައިވުމަކީ ހިދާޔަތުން މަޙްރޫމް ކުރައްވަވާނެ ސަބަބެއް-

އަނެއް ހިދާޔަތަކީ، ހިދާޔަތުގެ ދެވަނަ ވައްތަރަކީ: އިރުޝާދު، އުޅެންވީ ގޮތް މީސްތަކުންނަށް ބަޔާންކޮށް ދެއްވުން. އެއީ ރަސޫލުބޭކަލުންގެ ވާޖިބް الله سُبْحَانَهُ وتَعَالى ވަނީ އެންމެހައި މީސްތަކުންނަށް ރަގަޅާއި ނުރަނގަޅު ހެވާއި ނުބައި ބަޔާންކޮށް ދެއްވާފަ "وَهَدَيْنَاهُ النَّجْدَيْنِ" ތިމަންރަސްކަލާނގެ އިންސާނާ އަށް  ދެމަގު ދެއްކެވީމެވެ. ޙައްޤާއި ބާޠިލު ހެވާއި ނުބައި އެކަލާނގެ ވަނީ ދައްކަވާފަ އެއީ اَلْهَادِى جَلَّ جَلالُهُ سُبْحَانَهُ وَتَعَالى އެހެން ނަމަވެސް އެކަލާނގެ މިހިދާޔަތު ބަޔާންކޮށް ދެއްވާ ކޮންމެ މީހަކީ އަދި ހިދާޔަތު ލިބޭމީހެއްނޫން. ހިދާޔަތު އެމީހަކާ ހަމަޔަށް  الله سُبْحَانَهُ وتَعَالى ފޯރުކޮށްދެއްވާ ކޮންމެމީހަކީ އެއީ ހިދާޔަތު ލިބޭމީހެއްނޫން، 

އެހެންވީމާ ދެންމިއަންނަނީ ހިދާޔަތުގެ ތިންވަނަ ވައްތަރު : އެއީ، 

ހިދާޔަތަށް އެކަލާނގެ ތައުފީޤު ދެއްވި މީހުން، ހިދާޔަތަށް އެކަލާނގެ ތައުފީޤު ދެއްވުން، އެއީ އެހިދާޔަތުގެ އަހުލުވެރިން ކަމުގައި އެކަލާނގެ އެފަރާތެއް ލެއްވުން އެއީވެސް ހިދާޔަތެއް، އެއީ އީމާންވެހުރި އިސްލާމުންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި  ނިޢުމަތެއް ހިދާޔަތު ދައްކަވާ އެހިދާޔަތުގެ އަހުލުވެރިން ކަމުގައި އެކަލާނގެ އަޅުތަކުން ލެއްވި އެހެންވީމާ ޢާއްމު ހިދާޔަތްތައް ހުރިހާ ޚަލްޤުތަކުންނަށް ވަނީ އެކަލާނގެ ދައްކަވާފަ، 

ދެންއޮތް ހިދާޔަތަކީ އިރުޝާދު : އުޅެންވީގޮތް ބަޔާންކޮށްދެއްވާފަ އަނެއް ހިދާޔަތަކީ އެޙައްޤު އަހުލުވެރިންކަމުގައި އެކަލާނގެ ލެއްވުން،  މިހިދާޔަތުގެ ކުރިމަތީގައި ބައެއްމީހުން އެހިދާޔަތު އަހުލުވެރިން ކަމުގައިވި އަނެއްބަޔަކު އެހިދާޔަތަށް އިންކާރު ކުރި އެކަމަކު ހިދާޔަތް އައުމަށްފަހު ހިދާޔަތް ﷲ އެބަޔަކަށް ދެއްކެވުމަށްފަހު ހިދާޔަތުގެ އަހުލުވެރިންގެ ތެރެއިން އެބައިމީހުން ނުވޭ. އެބައިމީހުންގެ ހުރި ނުބައިކަމެއްގެ ސަބަބުން الله سُبْحَانَهُ وتَعَالى އެބައިމީހުންގެ ހިދާޔަތުން މަޙްރޫމް ކުރެއްވި، އެހިދާޔަތުން އެބައިމީހުން މަޙްރޫމް ކުރެވުނީ އެތައް ސަބަބުބަކަށްޓަކައި.

 

- ޝައިޚް އަޙްމަދު ސަމީރު " اَلْهَادِى " އިސްމުފުޅާބެހޭގޮތުން ދެއްވާފައިވާ ދަރުސަކުން

 

މިއަދު އޮންލައިން