ﷲ އަށް ވަކީލުކުރުމުގެ މޭވާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ﷲ އަށް ވަކީލުކުރުމުގެ މޭވާ-

އަށް ވަކީލުކުރުމަކީ ހިތަށް ފަސޭހަކަން ލިބިގެންދާ ކަމެކެވެ.

އަދި އެމީހެއްގެ ޙާލަތު ރަނގަޅުވެގެންދާ ކަމެކެވެ.

އަދި ނުބައިމީހުންގެ ރޭވުންތަކުން ސަލާމަތްވެގެންދާ ކަމެކެވެ. 

އަޅުތަކުންގެ ކިބައިން މެދުވެރިވާ އަނިޔާއާއި ދުއްތުރާތަކުގެ ތެރެއިން އެމީހަކަށް ސަލާމަތްވުމަށް އެންމެ ދަތިވާ ކަންކަމުން ރައްކާތެރިކޮށްދޭ، އެންމެ ވަރުގަދަ ސަބަބަކީވެސް އެއީއެވެ.

ވަކީލުކުރުމުގެ ސަބަބުން މީސްތަކުންގެ އަތުގައިވާ އެއްޗަކަށް ބޭނުން ނުވެ، އެމީހަކު ފުދުންތެރި ވެއެވެ. 

[خطوات إلى السعادة لد. عبدالمحسن القاسم (ص: 43)] 

މަސްދަރު: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

މަތީގައިވާ ބަސްފޫލުން އެނގިގެންދަނީ ކޮންމެ މުސްލިމަކަށްވެސް އެންމެ ފައިދާހުރި ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކުރުން ކަމެވެ. މީހާގެ ދުނިޔެއާއި އާޚިރަތަށް ބެލިނަމަވެސް އެމީހަކަށް ބޭނުންވާ ހުރިހާ ކަންކަން ފަހިވުމަށް އޮތް މަގުކަމެވެ. އިން ޝާ ﷲ

މިއަދު އޮންލައިން