ސަލާމަތް ކަމާއިއެކީ ސުވަރުގެ ވަނުމަށް މަގުފަހިކުރުވާ 5 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސަލާމަތް ކަމާއިއެކީ ސުވަރުގެ ވަނުމަށް މަގުފަހިކުރުވާ 5 ކަމެއް-

1- ސަލާމް ފެތުރުން (ސަލާމްކުރުން ގިނަކުރުން) 2- ބަސްމަގު ރީތިކުރުން 3- ރަޙިމުގެ ގުޅުން ޤާއިމުކުރުން 4- ދަމު ނަމާދުކުރުން 5- މީސްތަކުންނަށް ކާންދީ ހެދުން

(مسند أحمد 10399/صحيح ابن حبان 508)

- ޝައިޚް އަޙްމަދު ރިމާޒް 

ސަލާމް ފެތުރުމަކީ މީސްތަކުންނާއި ބައްދަލުވުމުން އިސްލާމީ ރިވެތި ސަލާމުން ސަލާމްކުރުމެވެ. އެކަމުގައި ވަކިމީހަކަށް ބެލުމެއް ނެތެވެ. ކޮންމެ މުސްލިމަކާއި ބައްދަލުވިނަމަވެސް އޮތީ އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމް ކުރުމެވެ. 

ދެވަނަ ކަމަކަށް އެއޮތީ މީސްތަކުންނާއި ރިވެތިބަހުރުވައިން މުޢާމަލާތުކުރުމެވެ. ހަޑިހުތުރު ބަސްތައް ބޭނުން ނުކުރުމެވެ. ތިމާ ނުރުހޭ ކަމެއް ، ނުވަތަ ބަހެއް ސޯޝަލް މީޑިއާއިން ނަމަވެސް ފެންނައިރަށް އެމީހަކަށް ނުބައިބަސްތައް ބުނާނަމަ އެނަގައިލެވެނީ ސުވަރުގެ ލިބެން އޮތް މަގެކެވެ. އަދި އަމިއްލަ ގޭތެރޭގައިވެސް ނުވަތަ މީހުންނާއި ވާހަކަދައްކާއިއރުވެސް ނުބައި ބަސްތައް ބޭނުންކުރެވޭނަމަވެސްމެއެވެ. 

3 ވަނަ ކަމަކަށް އެއޮތީ ރަޙިމުގެ ގުޅުން ޤާއިމުކުރުމެވެ. އެހެންކަމަށްވާއިރު ރުޅިއަންނައިރަށް ރަޙިމުގެ ގުޅުން ކަނޑާލެވޭނަމަވެސް އެނަގައިލެވެނީ ސުވަރުގެ ވަދެވެން އޮތް ފުރުޞަތެކެވެ. 

4 ވަނަ ކަމަކަށް އެއޮތީ ދަމުނަމާދުކުރުމެވެ. މިއީ އެންމެ ގިނަ ބައަކު މިއަދު ސަމާލުކަން ނުދޭ ކަންތަކެވެ. 

5 ވަނައަށް އެއޮތީ އެމީހަކަށް ކެރިކުޅަދާނަވީ މީންވަރަކުން މީސްތަކުންނަށް ކާންދިނުމެވެ. 

މި 5 ކަންތަކަކީވެސް ސަމާލުކަންދީގެން ކޮށްފިނަމަ ސުވަރުގެ ލިބެން އޮތް މަގުތަކެވެ. 

މިއަދު އޮންލައިން