ސާލިޙު މުއުމިނު އަޅުން މަރުވުމުން އެބައިމީހުންގެ ވަކިވެ ދިއުމުގެ މައްޗަށް އުޑާއި ބިން ހިތާމަކޮށް ރޯނެތެވެ! ތިބާގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ސާލިޙު މުއުމިނު އަޅުން މަރުވުމުން އެބައިމީހުންގެ ވަކިވެ ދިއުމުގެ މައްޗަށް އުޑާއި ބިން ހިތާމަކޮށް ރޯނެތެވެ! ތިބާގެ ޙާލަކީ ކޮބާ؟

މިއަދު މިފެންނަނީ ގިނަ ބައަކު އަވަދިނެތި ދުނިޔެއާއި ބައްދައި އޮޅުލަމުންގެންދާތަނެވެ. ދުނިޔެއިން މަތީދަރަޖައާއި މަތީ މަޤާމްތަކާއި ތަނަވަސްކަން އިތުރުކުރަން ހޭބޯނާރައި އުޅޭތަނެވެ. އެކަންކަމުގައި އުޅެން ހަދައިގެން ފަރުޟު ނަމާދުތައް އެބަދޫކޮށްލައެވެ. އެކަމަކު ބުނަނީ ސުވަރުގެ ދެއްވެވުން އެދޭކަމަށެވެ.

ފިރުއަޢުނަކީ ދުނިޔޭގައި މީހަކަށް ލިބޭނެ ހުރިހާ ނިޢުމަތްތަކެއް ﷲ ތަޢާލާ ދެއްވެވި އަޅެކެވެ. ބިޔަ ބޮޑު ރަސްކަމާއި ތަނަވަސްކަން ދެއްވެވިއެވެ. ނަމަވެސް ފިރުއަޢުނާއިމެދު ﷲ ތަޢާލާގެ ވަޙީބަސްފުޅު ނިކަން ދެކިބަލާށެވެ! 

ޝައިޚް އަޙްމަދު ރިމާޒްގެ މިބަސްފުޅަށް ވިސްނާލަން ނަޞޭޙަތްތެރިވަމެވެ. 

ފިރްޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤްކުރެއްވުމާއި ގުޅިގެން ﷲ ވަޙީކުރައްވާފައިވެއެވެ: 

( فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ) سورة الدخان: ﴿٢٩﴾ 

މާނައީ: "ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ." 

މިޔާއި ޚިލާފަށް ސާލިޙު މުއުމިނު އަޅުން މަރުވުމުން އެބައިމީހުންގެ ވަކިވެ ދިއުމުގެ މައްޗަށް އުޑާއި ބިން ހިތާމަކޮށް ރޯނެތެވެ. އޭނާގެ ސާލިޙު އަމަލުތަކަށް އުޑު ހުޅުވިގެންދާ ދިއުން ބަންދުވުމާއި، އޭނާ ބިންމަތީގައި އަޅުކަންކޮށް އުޅުނު އުޅުން ނިމިދިޔަ ކަމުގެ މައްޗަށް ކަރުނަ އަޅާނެތެވެ.

 

 

 

މިއަދު އޮންލައިން