އިސްލާމްވެވަޑައިގަތް ދުވަހު ޚާލިދު ބިން ވަލީދު އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ކަންތައް- ތައުބާވާ މީހުންނަށް އޮތް އެންމެ މުހިންމު ފިލާވަޅު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިސްލާމްވެވަޑައިގަތް ދުވަހު ޚާލިދު ބިން ވަލީދު އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ކަންތައް- ތައުބާވާ މީހުންނަށް އޮތް އެންމެ މުހިންމު ފިލާވަޅު: މުފްތީ މެންކް

ތައުބާވުމުން އެމީހަކަށް ކަންކަން މެދުވެރިކުރައްވަވާ ގޮތް އެނގޭހެއްޔެވެ؟ ފުރަތަމަ މިވާހަކަކޮޅު އަޑުއަހައިލާށެވެ! 

ޚާލިދް ބިން ވަލީދަކީ މުޝްރިކެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު މުޝްރިކުންނާއި މުސްލިމުންނާއި ދެމެދުގައި ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންނަށް އެންމެ ބޮޑަށް ގެއްލުންދިން ހަނގުރާމަވެރިޔާއެވެ. އުހުދު ހަނގުރާމައަކީ އެކަން އެންމެ ބޮޑަށް ހިނގައިދިއަ ހަނގުރާމައެވެ. 

އިސްލާމްވެވަޑައިގަންނަވަން ނިންމަވައި މަދީނާއަށް ވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ވަޑައިގެން ފުރަތަމަވެސް ސުވާލުކުރެއްވެވީ އެކަންކަމުގެ ވާހަކައިންނެވެ. ފާހަގަކުރެއްވެވީ މުސްލިމުންނަށް ކުރެއްވެވުނު ބޮޑެތި އަނިޔާތަކެވެ. މުސްލިމުންގެ އެތައް ބައަކު ޝަހީދު ކުރެއްވެވިފައިވާ ކަމެވެ.  

ޖަވާބުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީ ﷲ ތަޢާލާ އެކަލޭގެފާނަށް ބަޔާންކޮށްދެއްވެވި ގޮތެވެ. އިސްލާމްވެވަދައިގަތުމުން އެހުރިހާ ކަމެއް ފުހެވިގެންދިއައީ ކަމަށެވެ. އެކަންކަމަށް ވިސްނާވަޑައިގަންނަވަންވެސް ނުޖެހޭނެކަމަށެވެ. 

ތައުބާވުމަކީވެސް ހަމަ އެފަދަ ކަމެކެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ކުރިން ކުރެވުނު ހުރިހާ ފާފަތަކަކުން ސަލާމަތްވެވުނީއެވެ. ފާފައެއް ނުކުރާ މީހަކަށް ވެވުނީއެވެ. އަދި ކުރިންވެސް އެމީހަކަށް ހެޔޮ ޢަމަލެއް ކުރެވިފައިވާނަމަ އެކަން އެމީހަކާއިއެކުގައިވާނެއެވެ. ތައުބާވެ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި ކުރިއަރައިދިއުމުން އެމީހަކަށް ކުރެވިފައިވާ ހުރިހާ ފާފަތަކަކީ ކުރެވިފައިވާ ހެޔޮ ޢަމަލުތައް ކަމުގައިވެސް ލައްވަވައިދެއްވަވަތެވެ. އިން ޝާ ﷲ 

ވީމާ ތައުބާވެ އެގޮތުގައި ޘާބިތުވެހުންނަން މަސައްކަތްކުރާށެވެ. އަދި އިތުރަށް ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަންނާށެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން