ޤިޔާމަތް ދުވަހު މަލާއިކަތުން "ޙަރާމުން ޙަރާމެވެ." ވިދާޅުވާނެ މީހުންގެ ތެރޭގަ ތިބާ ހިމެނުނަ ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޤިޔާމަތް ދުވަހު މަލާއިކަތުން "ޙަރާމުން ޙަރާމެވެ." ވިދާޅުވާނެ މީހުންގެ ތެރޭގަ ތިބާ ހިމެނުނަ ނުދޭށެވެ!

އެންމެހައި މުޖުރިމުންނޭވެ! ޙަރާމުން ޙަރާމެވެ! 

(( يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا))

سورة الفرقان: 22 

މާނައީ: "އެއުރެން މަލާއިކަތުން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރި ޚަބަރެއް ނެތެވެ. އަދި އެ މަލާއިކަތުން ވިދާޅުވާނެތެވެ. ޙަރާމުން ޙަރާމެވެ." 

(އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، ފާފަ ފުއްސެވުމާއި، އުފާވެރި ޚަބަރު، ޙަރާމް ވެގެންވެއެވެ.)

- ޝައިޚް އަޙްމަދު ރިމާޒް 

އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ތިމާއަކީ ކުށްވެރިކަމުގައި ނުވުމަށެވެ. ކުށްވެރިންނަށް ހުރީ ނަރަކައެވެ. ނަރަކައިން ސަލާމަތް ނުވެވޭނެ މީހަކަށް ވެއްޖެނަމަ އެމީހެއްގެ ޙާށލަކީ ކޮބައިހެއްޔެވެ؟ 

ކޮންމެ މުސްލިމަކަށް އެމީހަކީ ކުށްވެރިއަކަށް ވާނެ ގޮތް ރަނގަޅަށް އެނގޭނެއެވެ. އެއީ ފާފަކުރުމާއި ތައުބާނުވުމެވެ. އިޚްލާޞްތެރި ތައުބާވުމަށް އަވަސްގަންނަވީ މިސަބަބަށްޓަކައެވެ.

 

މިއަދު އޮންލައިން