ކީރިތި ރަސޫލާ (ﷺ) އެންމެ ލޯބިފުޅު ކުރެއްވެވި ކުލައަކީ ކޮބައިތޯ ކިޔުންތެރިއަކު ވަނީ ސުވާލުކޮށްފައެވެ.
ޖަވާބު:
"ކީރިތި ރަސޫލާ (ﷺ) ހެދުންކޮޅު ތުރުކުރެއްވެވުމުގައި އެންމެ ބޮޑަށް ލޯބިފުޅު ކުރެއްވެވީ ހުދުކުލައަށެވެ. އަދި މައްޔިތުންވެސް ހުދުކުލައިގެ ފޭރާމުން ކަފުން ކުރުމަށް އަމުރުފުޅު ކުރެއްވެވިއެވެ." --- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މީގެ އިތުރުން ހުކުރަށްދާންވެސް ހުދުކުލައިން ހެދުންލުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ.
ހުދުކުލައަކީ ހުރިހާ ގޮތަކުންވެސް މުސްލިމުންނާށއި ވަރަށް ބޮޑަށް ގުޅިފައިވާ ކުލައެކެވެ. ޙައްޖާއި ޢުމްރާގައި ފިރިހެނުން ބޭނުންކުރަނީ ހުދުކުލައިގެ ފޮށައެވެ. ހުދުހެދުމުގައި ހުކުރަށް ދިއުމަކީ ސުންނަތެކެވެ. އަދި މަރުވުމުން އަންހެނުންވެސް އަދި ފިރިހެނުންވެސް ކަފުންކުރަނީ ހުދުކުލައިގެ ފޭރާން (ކަފުން) ގައެވެ.