އެމީހަކު އެދޭ ހުރިހާ ކަމެއް ދުނިޔެއިން ޙާޞިލުކުރެވުނަސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެ! ހިތްހަމަޖެހުމާ އުފާވެރިކަން ލިބޭނީ ހަމަ އެންމެ ކަމަކުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެމީހަކު އެދޭ ހުރިހާ ކަމެއް ދުނިޔެއިން ޙާޞިލުކުރެވުނަސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެ! ހިތްހަމަޖެހުމާ އުފާވެރިކަން ލިބޭނީ ހަމަ އެންމެ ކަމަކުން!: މުފްތީ މެންކް

ﷲ ތަޢާލާ ގަންދީ ބުނަމެވެ. ދުނިޔެއިން މީހާ އެދޭ ހުރިހާ ކަންތައްތަކެއް ޙާޞިލްވިނަމަވެސް، ކިތަންމެ ގިނަ ބޭނުންތަކެއް ފުދުނުނަނަމަވެސް އަނބިދަރިން ކިތަންމެ ގިނަވިނަމަވެސް އަދި ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ޙަޤީޤީ ހިތްހަމަޖެހުމެއް ލިބބެން އޮތީ ހަމަ އެންމެ ކަމަކުންނެވެ. އެއީ ތަޤްވާވެރިކަމެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން އިތުރުވާވަރަކަށެވެ. ތަޤްވާވެރިކަން އިތުރުވާވަރަކަށް ހިތްހަމަޖެހުން ދާނީ ބޮޑުވަމުންނެވެ.

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަން ދެވިހިފައި އަދި އެކަންކަމުން ހިތްހަމަޖެހުން ލިބިގަންނަން މަސައްކަތްކުރާ މީހުން ދަންނާށެވެ. ތިއަބައިމީހުންނަށް ޙަޤީޤީ ހިތްހަމަޖެހުން ނުލިބެނީ ތިބާއަށް ހިތް ދެއްވެވި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބި ހިތަށް އުފާވެރިކަމެއް ނުލިބޭނެއެވެ.

ވިސްނައިލާށެވެ! ދުނިޔަވީ އުފާތައް ކުރިއަށް ނެރެ އެކަންކަމުން ހިތްހަމަޖެހުން ހޯދުމަށްޓަކައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމާއި ދުރަށް ދެވޭނަމަ ތިބާއަށް އެދެވެނީ އެންމެ ނުބައިމަގުންނެވެ. ތިބާއަށް އެ ޢަމަލުކުރެވެނީ ﷲ ތަޢާލާ ތިބާ ދުނިޔެއަށް ފޮނުއްވެވި މަޤްޞަދާއި ޚިލާފަށެވެ. އެފަދައިން ޢަމަލުކުރުމުން ދެން ކަންކަން މެދުވެރިވާނެ ގޮތާއިމެދު ވިސްނައިލާށެވެ.

އަދިވެސް ވަގުތު އެބައޮތެވެ. ޢަމަލުތައް އިޞްލާޙްކުރާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. ޙަޤީޤީ އުފާވެރިކަން ލިބުންވަނީ މިބަޔާންކުރި މަގުގައި ސާބިތުވުމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން