ބައެއްގެ ތެރޭގަ ބަލިތައް ފެތުރުން އިތުރުވާނަމަ އެއީ ޢަމަލުތައް އިޞްލާޙްކުރަން ދެއްވަވާ ގަދަފަދަ އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބައެއްގެ ތެރޭގަ ބަލިތައް ފެތުރުން އިތުރުވާނަމަ އެއީ ޢަމަލުތައް އިޞްލާޙްކުރަން ދެއްވަވާ ގަދަފަދަ އިންޒާރެއް!

މިހާރަކަށް އައިސް ޢާންމުވެގެން މިއުޅޭ ބައެއް ފަލްސަފާތަކުގެ ސަބަބުން ކަންކަމާއި ގުޅިގެން ޙައްޤު ބަސް ވިދާޅުވަން ދީނީ ބައެއް ޢިލްމުވެރިން ފަސްޖެހިވަޑައިގަންނަވައެވެ. އެއީ ޙައްޤުބަސްވިދާޅުވުމުން އެކަން ޤަބޫލުނުކުރާ މީހުން ގިނަވެ އެމީހުން ކުރާ މަލާމާތާއި ފުރައްސާރައަށް ކެތް ނުކުރެއްވޭތީ ނުވަތަ އެކަންކަމަށް ކުރިމަތިލައްވަން ބޭނުންފުޅުނުވާތީ ކަމަށްވެސް ވެދާނެއެވެ. 

ﷲ ތަޢާލާގެ ވާގިފުޅާއިއެކު ސައިންސްވެރިންނަށް ގިނަ ބަލިތަކަކާއި ބަލިތަކުގެ ފަރުވާވެސް ހޯދިއްޖެ އެވެ. އަދި ފަރުވާކުރާނެ މޮޅު ވަސީލަތްތައް އީޖާދުކުރެވިއްޖެއެވެ. ޑޮކްޓަރުން ފަރުވާކުރުމުގައި ކުރިއަރައި ހިނގައްޖެއެވެ.  

ނަމަވެސް އަބަދުވެސް އުޅެން މިޖެހެނީ ކޮންމެވެސް ނުރައްކާތެރި ބަލިތަކެއް ފެތުރޭތީއެވެ. ގޮތް ނޭނގޭ ބައްޔެއް ފެނިގެންނެވެ. އެކަމަކު ބޭސްފަރުވާ ކުރުމާއި ދިފާޢީ ވެކްސިންތައް އުފެއްދުމުގައި ކުރިއަރައި ހިނގައްޖެއެވެ. ބަލިތައް ދެނެގަނެ ބޭސްފަރުވާކުރުން ފަސޭހަވެ މަގުތައް ފެނިއްޖެއެވެ. މިފަދަ ކުރިއެރުންތައް ލިބުނަސް ބަލިތަކުން ސަލާމަތެއް ނުވެއެވެ. އެއްބަލިން ސަލާމަތްވެވޭއިރު އޮންނަނީ އިތުރު ބައްޔެއް ފެތުރެން ފަށައިފައެވެ.  

ނިކަން ބުނެބަލާށެވެ! މިއީ ވިސްނާލަން ޖެހިފައިވާ ކަމެއް ނޫންހެއްޔެވެ؟ މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! މިކަންކަމަކީ ﷲ ތަޢާލާ ދެއްވަވާ ވަރުގަދަ އިންޒާރުތަކެއްކަން ޤަބޫލުކުރަން އެބަޖެހެއެވެ. ކުރެވޭ ފާތަކާއިމެދު ފުންކޮށް ވިސްނަން އެބަޖެހެއެވެ.  

އެންމެ ގިނަ ބައަކު މިހާރު ކުރާ އެއް ފާފައަކީ ފާފަވެރިވާގޮތަށް ޖިންސީގުޅުން ހިންގުމުގެ ފާފައެވެ. މިބުނަނީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުންތައް ހިންގާ ވާހަކައެވެ. ދުވަހެއް ދުވަހަކަށް ދަނީ އިތުރު ގޮތްތައް ހޯދައި ފާފަކުރުން ގިނަކުރަމުންނެވެ. އެހެންކަމުން މިކަމުގެ ވާހަކަދައްކަން އެބަޖެހެއެވެ.

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ވަކިފާފައެއް ނޫނެވެ. ހަމައެއްވެސް ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ! އެއރުން އޮތް އެންމެ ބޮޑު އުފަލަކީ ބައްޔެއް ޖެހިގެން އެމީހަކު އެބަލީގައި މަރުވިނަމަވެސް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ﷲ ތަޢާލާގެ ރަޙްމަތުގައިވާނެކަމެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން