ﷲ ތަޢާލާގެ 99 އިސްމުފުޅުގެ ތެރެއިން އެންމެ 2 ނަންފުޅު އެންމެ ގިނައިން ކިޔަން މެދުވެރިކުރެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ﷲ ތަޢާލާގެ 99 އިސްމުފުޅުގެ ތެރެއިން އެންމެ 2 ނަންފުޅު އެންމެ ގިނައިން ކިޔަން މެދުވެރިކުރެއްވެވީ ކީއްވެ؟

ﷲ ތަޢާލާ އަށް ޚާއްޞަވެގެންވާ 99 ނަންފުޅު ވެއެވެ. އެއަށް އަހަރެމެން ކިޔަނީ އޮނަސައްތަ އިސްމުފުޅެވެ. އެއިގެ ތެރެއިންވެސް 2 ނަންފުޅެއް ވަރަށް ގިނައިން ކިޔަން ޖެހޭނެ ގޮތަށް ﷲ ތަޢާލާ ވަނީ މެދުވެރި ކުރައްވަވައިފައެވެ. އެއީ ކޮން ދެ ނަންފުޅެއްހެއްޔެވެ؟  

މިވަރުގެ ކުޑަކުޑަ ސުވާލެއް ކޮށްލުމުން ތިއަ ތިބީ ކަންބޮޑުވެ ހާސްވެފައެވެ. އެކަމުން އެނގެނީ އިސްލާމް ދީނުގައި ހުރި މިވަރުގެ ކުދިކުދި ކަންތައްތަކާއިމެދު ވެސް އަހަރެމެންނަށް ވިސްނައި ފިކުރުކުރެވޭ މިންވަރު ކުޑަކަމެވެ.  

އަހަރެމެން ކޮންމެ ކަމެއް ކުރި ނަމަވެސް ކުރަން ފަށަން ޖެހެނީ ކިޔައިގެންނެވެ. ކިޔުމުން ކިޔާ ކޮންމެ ފަހަރަކު (ﷲގެ އިތުރުން) އައްރަޙްމާން އަދި އައްރަޙީމް އެބަ ކިޔެއެވެ. އެހެންކަމުން އެ 2 ނަންފުޅުގެ މަތިވެރިކަން އެނގިގެން އެބަދެއެވެ.  

މީސްތަކުންނޭވެ! ނުކިޔައި ހަމަ އެއްވެސް ކަމެއް ކުރަން ނުފަށާށެވެ. ކުރާ ކޮންމެ ކަމެއްވެސް ކުރަން ފަށަމުން ކިޔެވުމުން އެކަމެއްގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ.   

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ހަމައެކަނި ގޭގެ ބިންގާ އަޅަމުން ނުވަތަ ކާން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެހެން އޮތް ކަމެއް ނޫނެވެ. ބޭނުންކުރާ ކޮންޕިޔުޓަރުން މަސައްކަތްކުރަން ފަށަމުން ވެސް ކިޔަވާށެވެ. މެދުކަނޑާލާފައި އަލުން ފެށި ނަމަވެސް ކިޔަވާށެވެ. މާނައަކީ ނުކިޔަވައި ހަމަ އެއްވެސް ކަމެއް ކުރަން ނުފަށާށެވެ!  

މިފަދަ ހެޔޮ އަމަލުތައް މަތިން މީސްތަކުން މިދަނީ ހަނދުމަ ނެތެމުންނެވެ. ކަމަކީ ވަރަށް ކުޑަކުޑަ އަމަލެކެވެ. ނަމަވެސް އެކަމުން ލިބޭނެ ފައިދާ ވަރަށް ބޮޑު ކަންކަމެވެ.  

-  ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން