އީމާންކަން ޞައްޙަކޮށް ވަރުގަދަކޮށް ތާޒާކުރަން މަސައްކަތްކުރާށެވެ! ދިފާޢު ކޮށްދެއްވުމުގެ ޒިންމާ ﷲ ތަޢާލާ ވަނީ ނަންގަވާފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އީމާންކަން ޞައްޙަކޮށް ވަރުގަދަކޮށް ތާޒާކުރަން މަސައްކަތްކުރާށެވެ! ދިފާޢު ކޮށްދެއްވުމުގެ ޒިންމާ ﷲ ތަޢާލާ ވަނީ ނަންގަވާފައެވެ!

އީމާންކަން ބަލިކަށިވުމަކީ މިއަދު ކުރިމަތިވާ މައްސަލައެއް ނޫނެވެ. އެމައްސަލަ ޞަޙާބީންނަށްވެސް ކުރިމަތިފުޅުވެވަޑައިގަތެވެ. މިއަދުގެ މުސްލިމުންނަށް ތަފާތުވެގެން މިއުޅެނީ އީމާންކަން ހީނަރުވިޔަނުދީ ތާޒާކުރަން މަސައްކަތްނުކުރެވޭކަމެވެ. 

ގަސްތަކަށް އާރޯކަން ގެންނަން ފެންދީ ގަސްކާނާދީ ގަސްތައް ޙިމާޔަތްކުރަން މަސައްކަތްކުރާ ފަދައިން ހިތުގައިވާ އީމާންކަން ތާޒާކުރަންވެސް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އެގޮތުން ފާފަނުކުރުމާއި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި ނުބައި އެކުވެރިން އިޚްތިޔާރުނުކުރުމާއި ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަންކަމެވެ. 

އީމާންކަން ޙިމާޔަތްކޮށް ތާޒާކުރަން މަސައްކަތްކުރާމީހުންނަށް އޮތް އުފާވެރި ޚަބަރު ބަޔާންކުރައްވައި ޝައިޚް އަޙްމަދު ރިމާޒް ވަނީ ޤުރްއާނުން އެކަން ދައްކަވައިފައެވެ.  

ތިބާއަށް އޮތީ ތިބާގެ އީމާންކަން ޞައްޙަކޮށް ވަރުގަދަކޮށް ތާޒާކުރަން މަސައްކަތްކުރުމެވެ. ދިފާޢު ކޮށްދެއްވުމުގެ ޒިންމާ ﷲ ތަޢާލާ ވަނީ ނަންގަވާފައެވެ. 

(( إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا)) سورة الحج: ﴿٣٨﴾ 

މާނައީ: "ހަމަކަށަވަރުން، اللَّه، އީމާންވި މީހުން ދިފާޢު ކޮށްދެއްވަތެވެ".

 

މިއަދު އޮންލައިން