ކޮފީއަށާ ސިގިރެޓަށް ކުރާ ހޭދަ ޙަދީޘްގަވާ ޢަމަލަށް ހޭދަކުރަން ފަށައިފިނަމަ ސުވަރުގެ ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮފީއަށާ ސިގިރެޓަށް ކުރާ ހޭދަ ޙަދީޘްގަވާ ޢަމަލަށް ހޭދަކުރަން ފަށައިފިނަމަ ސުވަރުގެ ދެއްވަވާނެ! އިން ޝާ ﷲ

މީސްތަކުންނަށް ކާންދީހެދުމަކީ ސަލާމަތް ކަމާއިއެކީ ސުވަރުގެ ވަނުމަށް މަގުފަހިކުރުވާ ކަންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. 

ކޮފީއަށާއި ސިގިރެޓްބުއިމަށް ޚަރަދުކުރާ މީހުން ވިސްނައިލާށެވެ. އެންމެ ކޮފީތަށްޓަކަށް ހޭދަކުރާ ފައިސާއިން މީހަކަށް ކާންދެވިދާނެއެވެ. ދުވާލަކު ސިގިރެޓްފޮށްޓެއް ގަންނަ މީހާއަށް އެފައިސާ ބޭނުންކޮށްގެން ، 3،4މީހުންނަށް ކާންދެވިދާނެއެވެ. 

ތަންތަނަށް ގޮސް ބޮޑުއަގުދީފައި ކޮފީ ނުބުއިނަމަވެސް އުލެވިދާނެއެވެ. އަދި ދުންފަތުގެ އިސްތިޢްމާލް ނުކުރިނަމަވެސް އުޅެވިދާނެއެވެ. ރަނގަޅަށް ވިސްނައިފިނަމަ އެއީ ކުރެވޭ ބޭކާރު ޚަރަދެވެ. އިޝްރާފެކެވެ. 

އެއްވެސް ޙާލެއްގައި ހިތްހަމަޖައްސާލަން ކޮފީތަށްޓެއް ނުބޯން ބުނަނީއެއް ނޫނެވެ. ވިސްނަންވީ ވީވަރަކުން ބޮޑުއަގުދީފައި ކޮފީތައް ބުއިން މަދުކޮށް ސުވަރުގެ ވައްދަވާނެ ޢަމަލުކުރުމަށެވެ. ޢަމުދުން ދުންފަތުގެ އިސްތިޢުމާލް ނުކުރުމަށެވެ. ހިތާމައަކީ ކޮށީޓަށްޓެއް ގިރަން ހޫނުފެނަށް ކޮފީއަޅަންޖެހޭ ފަދައިން ކޮފޯބޯނަމަ ސިގިރޭޓްބޯންޖެހޭނެ ކަމަށް ޤަބޫލުކުރެވި ދެޚަރަދުވެސް ކުރެވޭކަމެވެ. 

ޝައިޚް އަޙްމަދު ރިމާޒްގެ މިލިޔުއްވުމުން މީސްތަކުންނަށް ކާންދީ ހެދުމަކީ ސުވަރުގެ ވައްދަވާ ޢަމަލެއްކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

ސަލާމަތް ކަމާއިއެކީ ސުވަރުގެ ވަނުމަށް މަގުފަހިކުރުވާ 5 ކަމެއް! 

1  ސަލާމް ފެތުރުން (ސަލާމްކުރުން ގިނަކުރުން)

2  ބަސްމަގު ރީތިކުރުން

3  ރަޙިމުގެ ގުޅުން ޤާއިމުކުރުން

4  ދަމު ނަމާދުކުރުން

5  މީސްތަކުންނަށް ކާންދީ ހެދުން

(مسند أحمد 10399/صحيح ابن حبان 508)

- ޝައިޚް އަޙްމަދު ރިމާޒް

 

 

މިއަދު އޮންލައިން