ދުނިޔެއާ އާޚިރަތުގެ ކާމިޔާބީ ލިބެން އޮތް ހަމައެކަނި މަގުޗާޓު- ދުނިޔޭގެ އެންމެން އެކުވިޔަސް ކުށެއް ނުދެއްކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދުނިޔެއާ އާޚިރަތުގެ ކާމިޔާބީ ލިބެން އޮތް ހަމައެކަނި މަގުޗާޓު- ދުނިޔޭގެ އެންމެން އެކުވިޔަސް ކުށެއް ނުދެއްކޭނެ!

މުސްލިމުން އަމަލުކުރަންވީ ގޮތުގެ މަގުޗާޓް ރަސޫލް () ވަނީ ކުރައްސަވައި ދެއްވަވައިފައެވެ. އެ މަގުޗާޓުގައިވަނީ ޤުރްއާނާއި ސުންނަތެވެ. އެ މަގުޗާޓުގައި ސާބިތުވެއްޖެ މީހަކަށް މަގު އޮޅިގެން ނުދާނެއެވެ. އެ މަގުޗާޓުގައި ވަނީ ހަމައެކަނި މި ދުނިޔޭގައި އުޅެންވީ ގޮތެއް ނޫނެވެ. އާޚިރަތް ބާއްޖަވެރިކުރަން ކުރަންޖެހޭ ކަންކަން ވެސް އެ މަގުޗާޓުގައި ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. 

އެ މަގުޗާޓަކީ ސައްތައިން ސައްތަ ޞައްޙަ މަގުޗާޓެއްކަން ޔަޤީންކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން ވެސް އެންމެ ބޮޑު ޔަޤީން ކަމެއް ލިބެނީ ކީރިތި ޤުރްއާނުންނެވެ. ހަމަ އެއާއިއެކު އިންސާނުންގެ ލޯތަކަށް ފެންނަ ކަންކަމަށްވެސް އިތުބާރުކުރަން ޖެހޭނެއެވެ. "މިވެނިކަމެއް މިވެނި ގޮތަކަށް ވާނެ ކަމަށް" ރަސޫލް () މީގެ 1450 އަހަރުކުރިން ބަޔާން ކުރެއްވެވި އެއްވެސް ކަމެއް އެނޫން ގޮތަކަށްވެފައި އެބައޮތް ހެއްޔެވެ؟ މިވެނި ޞަހާބީއެއްގެ އަތްޕުޅު މައްޗަށް، ނުވަތަ މިވެނި ޚަލީފާއެއްގެ ޒަމާނުގައި މިވެނިކަމެއް ވާނެ ކަމަށް ރަސޫލް () ހަދީޘްފުޅު ކުރެއްވެވި އެއްވެސް ކަމެއް ޙަދީޘްފުޅު ކުރެއްވެވި ގޮތަށް ނުވެ އެބަ އޮތް ހެއްޔެވެ؟ 

ފަހުޒަމާނުގައި ވާނެކަމަށް ޙަދީޘްފުޅޫ ކުރެއްވެވި ކަންކަން ވަމުންދާތަން މިދަނީ ފެންނަމުންނެވެ. ފެންނާނެ ކަމަށް ޙަދީޘްފުޅު ކުރައްވަޥާ ތަރުތީބުން ހަމަ އެންމެ ކަމެއްވެސް އަދި މިދާއިހަމައަށް ވެސް އިސްފަސްވެފައެއް ނުވެއެވެ. ނުވެސްވާނެއެވެ! 

ވީމާ އަހަރެމެންނަށް އޮތީ ރަސޫލް () ގެ ސުންނަތުގައި ފުރިހަމައަށް ހިފަހައްޓައި އަމަލުކުރުމެވެ. ޙަދީޘްފުޅުތައް އުނގެނި ޢަމަލުކުރުމެވެ. ދެއްވެވި އިރުޝާދުތައް ފުރިހަމައަށް ބަލައިގަތުމެވެ. އެއިރުން އެމީހެއްގެ ކަންކަން އަބަދުވެސް ދާނީ ކުރިއަރަމުންނެވެ. އާޚިރަތް ލިބެން އޮތީވެސް އެމަގުންނެވެ. 

ދުނިޔޭގައި ބޮޑެތި ޖަމާޢަތްތައް ހަދައިގެން މިއަދު ގެންދަނީ ކަންކަން ކުރާނެ ގޮތުގެ މަގުޗާޓުތައް ކުރަހަމުންނެވެ. މޮޅު ގޮތްތައް ރާވަމުންނެވެ. ދުނިޔޭގައި އެންމެ މޮޅު މާހިރުން އެކުވެގެން ރާވާ ކަންކަން ދަނީ ފޭލްވަމުންނެވެ. ސައިންސްވެރިންގެ ބޮޑެތި ޖަމިއްޔާތަކުން ހާމަކުރާ ކަންކަން ފޭލްވެ ދޮގުވަމުން ދިއުމަކީ ޢާންމުކަމެކެވެ. 

- އިމާމް ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން