ސުވަރުގޭގެ އެންމެ މަތިން ލިބެން އޮތް ފުރުޞަތު ދުނިޔޭގައި ތިބެ ނަގައިލި 2 އަންހެނުންނާ ސުވަރުގެއިން ގަނޑުވަރެއް ހޯއްދެވި ކަމަނާގެ ވާހަކަ ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ސުވަރުގޭގެ އެންމެ މަތިން ލިބެން އޮތް ފުރުޞަތު ދުނިޔޭގައި ތިބެ ނަގައިލި 2 އަންހެނުންނާ ސުވަރުގެއިން ގަނޑުވަރެއް ހޯއްދެވި ކަމަނާގެ ވާހަކަ ޤުރްއާނުން-

ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ކޮންމެ ވާހަކައަކީ އެކަންކަމަށް ވިސްނައި ފިކުރުކުރުމުން އަހުރެމެންގެ ދުނިޔެއާއި އަދި އާޚިރަތްވެސް ބާއްޖެވެރި ކުރެވެންހުރި ވާހަކަތަކެވެ. ދިރިއުޅުން ބާއްޖަވެރިކޮށް އަދި ސުވަރުގެވެސް ޙާޞިލްކުރެވެންހުރި ވާހަކަތަކެވެ. 

"ނޫހުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠު ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރުވިމީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނާތްތެރިވިއެވެ. ފަހެ، اللَّه ގެ ޙަޟްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!" (އައްތަޙްރީމް: 10)

އެދެއަންހެނުން ޚިޔާނާތްތެރިވުމުން ލޫޠުގެފާނުގެ އަނބިކަނބަލުން، އެ ޤައުމު ބަންޑުންޖެއްސެވިއިރު ހަލާކުވެދިއައީއެވެ. ނޫޙުގެފާނުގެ އަނބިކަނބަލުން އެ ޤައުމުގެ ކާފިރުންނާއިއެކު ޣަރަޤްވެދިއައީއެވެ. އަދި ޤިޔާމަތް ދުވަހު ދެ އަންހެނުންނަށްވެސް އޮތީ ނަރަކައެވެ. ނޫޙުގެފާނާއި ލޫޠުގެފާނުގެ މަތިވެރިކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ދެން އޮތީ ފިރުއަޢުނުގެ އަނބިކަނބަލުންގެ ވާހަކައެވެ. 

"އަދި ފިރުއަޢުނުގެގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިޘާލެއް  ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށް އިބަރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުއަޢުނާއި،  އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!" އައްތަޙްރީމް: 11) 

ފިރުއަޢުނުގެ ބޮޑު ރަސްކަމާއި ތަނަވަސްކަމަށްވުރެ އެކަމަނާ އިސްކަންދެއްވެވީ އެކަމަނާގެ އީމާންކަމަށެވެ. ﷲ ތަޢާލާގެ މަގަށެވެ. ނަތީގައި ޙާޞިލުކުރެއްވެވު ކަންތައް އެއޮތީ އާޔަތުގައި އެނގޭށެވެ. 

އެއީ އެޒަމާނެވެ! މިއީ މިޒަމާނެވެ! ކުރަން އޮތީ ހަމަ އެއްކަމެކެވެ. އެއީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. ހަމަ މިއަދުވެސް ﷲ ތަޢާލާ ނިޢްމަތްތައް ޙައްްުވާ އެންމެންނަށްވެސް ނިޢްމަތްތައް މިންވަރުކުރައްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން