ތަރުތީބު އޮޅުވާނުލާ! މުޖުތަމައާ އެކުވެރިންގެ ކަންކަން ކޮށްނުދެވުމަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގަ ކުށްބޮޑުވާނީ އަމިއްލަ ޢާއިލާއަށް ވަޤުތު ނުދެވޭނަމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތަރުތީބު އޮޅުވާނުލާ! މުޖުތަމައާ އެކުވެރިންގެ ކަންކަން ކޮށްނުދެވުމަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގަ ކުށްބޮޑުވާނީ އަމިއްލަ ޢާއިލާއަށް ވަޤުތު ނުދެވޭނަމަ-

މައިންބަފައިންނާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި އެންމެ ބޮޑު މަސްއޫލިއްޔަތު ގިނަ ބައަކަށްވަނީ އޮޅިފައެވެ. މިހެން މިބުނަނީ ބައެއް މައިންބަފައިން އެމީހުންގެ ދަރިންނަށް ދޭންޖެހޭ ވަޤުތުނުދީ އިޖުތިމާޢީ ކަންކަމުގައި ނުވަތަ އެކުވެރިންގެ ކަންކަމުގައި އުޅޭތަން ފެންނާތީއެވެ. 

މީގެ އިތުރުން ބައެއް ފިރިން އަދި އަނބިންވެސް އެމީހާގެ ބައިވެރިޔާއަށް ދޭންޖެހޭ ވަޤުތު ނުދީ މިބުނި ފަދަ ކަންކަމުގައި އެބަ ވަޤުތު ހޭދަކުރެއެވެ. އެއިރުން ކުރިމަތިވަނީ ﷲ ތަޢާލާ އެމީހަކާއި ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު ތަރުތީބުކުރުމުގެ މައްސަލައެކެވެ. އެއިރުން ތަރުތީބު އެބަ ނަގައިލެވެއެވެ. ނުވަތަ އޮޅުވައިލެވެއެވެ. 

ދަންނާށެވެ! ފިރިންގެ ކިބައިގައި އޮތް ހަމައެކަނި މަސްއޫލިއްޔަތަކީ ގޭގެ ކުއްޔާއި ބިލްތައް ދެއްކުމާއި އަދި ގެއަށް ބޭނުންވާ ތަކެތި ވެއްދުމެއް ނޫނެވެ. މިކަންކަމަކީ ކިތަންމެ ރަނގަޅު ކަންކަން ނަމަވެސް މިކަންކަމަށްވުރެވެސް މުހިންމުކަންބޮޑީ ޢާއިލާއަށް ވަޤުތު ދިނުމެވެ.

ހަމައެފަދައިން އަނބިންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ކެއްކުމާއި ފިރިމީހާގެ އެއްޗެތި ދޮވެ އިސްތިރިކުރުމެއްވެސް ނޫނެވެ. އަނބިމީހާއަށްވެސް އޮތް އެންމެ މުހިންމު މަސްއޫލިއްޔަތަކީ ފިރިމީހާއަށް ބޭނުންވާ ވަޤުތު ދިނުމެވެ. 

ޚާއްޞަކޮށް ދަރިން ލިބުމަށްފަހު ދެމަފިރިންވެސް އެކަކު އަނެކަކަށްދޭންޖެހޭ ވަޤުތު ދިނުމާއިއެކު ދަރިންނަށް ވަޤުތުދޭންޖެހޭނެއެވެ. ދަރިންނަށް ވަޤުތު ނުދެވޭނަމަ ދެމަފިރިންވެސް އެވަނީ ފޭލްވެފައެވެ. އެހެނީ މުޖުތަމަޢުގެ ނުވަތަ އެކުވެރިންގެ ކަމެއް ނުކުރެވުމަށްވުރެ ބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ކުށްވެރިވާނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވިއްޖެނަމައެވެ. 

މިހުރިހާ ލކަމަކުންވެސް އެނގިގެންދަނީ ކޮންމެ ދެމަފިރިއަކަށްވެސް އޮތް އެންމެ މުހިންމު އެއްކަމަކީ ޢާއިލާއަށް ވަޤުތުދިނުން ކަމެވެ. ޢާއިލާއަށް ބޭނުންވާ ވަރަށް ވަޤުތު ނުދޭނަމަ އުފާވެރި ދިރިއުޅުމެއް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. މައްސލަ ޖެހި ކައިވެނިރޫޅެންޖެހުމަކީ ވަރަށް ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. 

- މަޢުލޫމާތު: އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން

މިއަދު އޮންލައިން