"1- ރޭއަޅުކަމުގައި 10 އާޔަތް ކިޔަވައިފި މީހަކު ޣާފިލުވި މީހުންގެ ތެރޭގައި ނުލިޔުއްވޭނެއެވެ.
2- ރޭއަޅުކަމުގައި 100 އާޔަތް ކިޔަވައިފި މީހަކު ޤާނިތުންގެ (ކިޔަމަންތެރި އަޅުވެރި އަޅުތަކުންގެ) ތެރޭގައި ލިޔުއްވޭނެއެވެ.
3- ރޭއަޅުކަމުގައި 1000 އާޔަތް ކިޔަވައިފި މީހަކު މުޤަންޠިރީންގެ (ގިނަގުނަ ޘަވާބު ހޯގައިގަތް މީހުންގެ) ތެރޭގައި ލިޔުއްވޭނެއެވެ." ( سنن أبي داود 1398)
--ޝައިޚް އަޙްމަދު ރިމާޒް
ވިސްނަވައިލައްވާށެވެ. އެންމެ 10 އާޔަތުންވެސް ފުދެން އެބައޮތެވެ. އިތުރުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. ވީމާ ރޭއަޅުކަންކުރުމަކީ ބުރަކަމެއްކަމަށް ނުދެކޭށެވެ. އޮތީ ހަމަ ކުޑަކުޑަ ހިތްވަރެއް ލުމެވެ