މީހުން ދައްކާ ވާހަކައަށް ކަންބޮޑުވުމެއް ނެތް! ފައިދާ ބޮޑުވާނީ ތިމާއާއިމެދު އެހެން މީހުން ގިނައިން ދޮގުވާހަކަ ދެއްކި ވަރަކަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މީހުން ދައްކާ ވާހަކައަށް ކަންބޮޑުވުމެއް ނެތް! ފައިދާ ބޮޑުވާނީ ތިމާއާއިމެދު އެހެން މީހުން ގިނައިން ދޮގުވާހަކަ ދެއްކި ވަރަކަށް!: މުފްތީ މެންކް

ގިނަފަހަރު ދެމީހަކު އެއްތަންވެއްޖެނަމަ އެދެމީހުންގެ އަމިއްލަ ވާހަކަތަކަށްވުރެ ގިނައިން ދައްކާނީ ކޮންމެވެސް މީހެއްގެ ވާހަކައެވެ. ވީމާ ދެމީހުން ބައްދަލުކުރީ މީހުންގެ ވާހަކަދައްކައި ތިމާމެންނަށް ޢަޛާބު އިތުރުކުރަން ކަމާއިމެދުވެސް ސުވާލުއުފެދެއެވެ.

ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮންނަނީ ކޮންމެވެސް މީހަކު ކޮންމެވެސް އެއްޗެއް ބުނުމެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.

އެހެނީ އެއްވެސް އާރެއް ބާރެއް ނެތް ތުއްތު ކުއްޖެގެ ގޮތުގައި ދުނިޔެއަށް އުފަންވީންސުރެ އެއީ ކޮންމެވެސް މީހަކު ނުވަތަ ކޮންމެވެސް ބައަކު ކުރަމުން އަންނަ ކަމެކެވެ. އަދި ގިނައިން ދެކެވެނީ ހެޔޮ ވާހަކަތަކެއް ނޫނެވެ. ނުބައި ވާހަކަތަކެވެ. ކުރަނީ ހެޔޮދުޢާއެއް ނޫނެވެ. ބުނެވެނީ ބަދުބަސްތަކެވެ.

މިކަމަކީ މިގޮތަށް އޮވެގެންވާނެ ކަމެއް ނޫންނަމަވެސް މިކަންކަން ހިނގަނީ މިގޮތަށްކަން ގިނަބައަކު ފާހަގަކުރެއެވެ. މީހަކަށް ނިޢްމަތެއް ދެއްވަވައިފިނަމަ ހެޔޮ ދުޢާކުރާ މީހުންނަށްވުރެ ޙަސަދަވެރިވާ މީހުންގެ އަދަދު ގިނަކަން އެއީ ކިތަންމެހައިވެސް ދެރަކަމެއް ނަމަވެސް މިއަދު ކަންކަން ހިނގަނީ އެގޮތަށެވެ. މިއީ ކުރިމަތިވެފައިވާ އެންމެ ހިތާމަހުރި އެއްކަންތަކެވެ. އެކަންކަން އެގޮތަށް ކުރާ މީހުންނަށް އެންމެ ގެއްލުންހުރި އެއްކަންތަކެވެ.

ވީމާ މީހަކު އެއްޗެއް ބުނެފާނެ ކަމަށް ނުވަތަ ބުނާ އެއްޗަކާއި ގުޅިގެން ކަންބޮޑުނުވާށެވެ. އޭނާ ބުނިބަސް އޭނާއަށް ދޫކޮށްލާށެވެ. އެކަމުން ޤިޔާމަތް ދުވަހު ތިބާއަށް ކުރާނީ ފައިދާއެވެ. އިތުރުވާނީ ޘަވާބެވެ. ވީމާ އޮތީ އުފާކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން