އެމީހަކާއެކު ﷲ ތަޢާލާ ވޮޑިގެންވުމަށް އެދޭމީހާ އެކަމަށް އެދިގެން ކުރަން އޮތް އެންމެ ފަސޭހަ ޢަމަލު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އެމީހަކާއެކު ﷲ ތަޢާލާ ވޮޑިގެންވުމަށް އެދޭމީހާ އެކަމަށް އެދިގެން ކުރަން އޮތް އެންމެ ފަސޭހަ ޢަމަލު: މުފްތީ މެންކް

އެނގޭހެއްޔެވެ؟ މީހަކު ﷲ ތަޢާލާގެ މަތިން ހަނދާންކުރާނަމަ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!

"މީހަކު ތިމަން ﷲގެ މަތިން ހަނދުމަކުރުމުގައި އެމީހާގެ ތުންފަތް ތެޅުވޭހައި ހިނދަކު ﷲ އެމީހަކާއިއެކު ވޮޑިގެންވެއެވެ. އެމީހަކު އެކަނި ހުރެ ތިމަން ﷲ ގެ މަތިން ހަނދުމަކުރާނަމަ ތިމަން ﷲ ވެސް ހަމައެފަދައިން އެމީހަކު މަތިން ހަނދުމަފުޅު ކުރައްވަވާހުށީމެވެ. މީހަކު ބައެއްގެ ތެރޭގައި ހުރެ ތިމަން ﷲގެ މަތިން ހަނދުމަކުރާނަމަ އެއަށްވުރެ މަތިވެރިކަން ބޮޑު މަޖިލީހެއްގައި ތިމަން ﷲ އެމީހެއްގެ މަތިން ހަނދުމަފުޅު ކުރައްވަވާހުށީމެވެ."

ކޮންމެ މީހަކުވެސް އެމީހަކީ މުސްލިމެއް ނަމަ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވުމެވެ. އެހެނީ އެކަން ގުޅިފައިވަނީ ދެ ދުނިޔޭގެ ބާއްޖަވެރިކަމާއިއެވެ. ނަޞީބާއިއެވެ.

ނިކަން ވިސްނައިބަލާށެވެ! އަހަރެމެން ﷲ ތައާލާގެ މަތިން ހަނދުމަކުރުމުން ﷲ ތަޢާލާ އަހަރެމެންގެމަތިން ހަނދުމަފުޅު ކުރައްވަވަތެވެ. އެކަމުގެ ދަލީލަކީ "ތިމަން ﷲގެ މަތިން ހަނދާންކުރާށެވެ. ތިމަން ﷲ ތިއަބައިމީހުންގެ މަތިން ހަނދުމަފުޅު ކުރައްވަވާނެ" ކަމަށް އޮތް ވަޙީ ބަސްފުޅެވެ.

ވީމާ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވުމަށް އެދޭމީހާ ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. އަދި ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ދެމިހުރިހައި ހިނދަކު ޝައިޠޯނާއަކަށް އެމީހަކާ ވައިވެސް ނޭޅެވޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން