މަރުވުމަކީ ހެޔޮގޮތުގަ އީމާންވެގެން ހުންނަ މީހަކަށް ﷲ ތަޢާލާ ދެއްވަވާ ހަދިޔާއެއް! ލިބިގަންނަން ކަންބޮޑުވަނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަރުވުމަކީ ހެޔޮގޮތުގަ އީމާންވެގެން ހުންނަ މީހަކަށް ﷲ ތަޢާލާ ދެއްވަވާ ހަދިޔާއެއް! ލިބިގަންނަން ކަންބޮޑުވަނީ ކީއްވެ؟: މުފްތީ މެންކް

މީސްތަކުންނޭވެ! މުއުމިނުންނަށް އޮތީ މަރުވެދާނެ ކަމަށް ބިރުގަތުމެއް ނޫނެވެ. އުފާކުރުމެވެ. އެއުފާ ޙާޞިލްކުރެވޭނީ ފާފަކުރުމުން ދުރުވާން މަސައްކަތްކުރުމާއިއެކު ގިނަގިނައިން ތައުބާވާ މީހުންނަށެވެ. ތުބާވުމުން ފާފަ ފުއްސަވާނެ ކަމަށް އިތުބާރު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެކަލާނގެއީ އާދަމްގެފާނަށް ފާފަފުއްސަވައިދެއްވެވި ކަލާނގެއެވެ. ވީއިރު އަހަރެމެންގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެކަމަށް ހީވެސްކުރަންވީ ކީއްވެގެން ހެއްޔެވެ؟

ވީމާ މަރުވުމަކީ ﷲ ތަޢާލާ ދެއްވަވާ އެންމެ އަގުބޮޑު ހަދިޔާކަމަށްހަދައި ހަދިޔާ ލިބިގަތުން އޮތީ އެމީހެއްގެ ކިބައިގައެވެ. ދުނިޔެއިން ލިބޭ އިނާމުތައް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރެއެވެ. ވިސްނައިލަންވީ މަރުވުމަކީ ނިޢްމަތަކަށް ހަދައި މަރުވުމުން އެމީހަކަށް ލިބެން އޮތް ނިޢްމަތްތައް ޙާޞިލްކުރަން މަސައްކަތްކުރެވޭ މިންވަރާއިމެދުގައެވެ.

މަރަކީ ހެޔޮގޮތުގަ އީމާންވެގެން ހުންނަ މީހަކަށް ﷲ ތަޢާލާ ދެއްވަވާ ހަދިޔާއެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ ކީއްވެގެންހެއްޔެވެ؟

އަހަރެމެން ދުނިޔޭގައި ކުރާ ހެޔޮ ޢަމަލުތަކަށް ޙައްޤު ޖަޒާ ދެއްވެވުން ވަނީ މަރުވުމަށްފަހުގައެވެ. ކުރާނަމާދުތަކަށާއި ހިފާރޯދަތަކަށާއި ދައްކާ ޒަކާތަށާއި ޞަދަޤާތްތަކަށާއި ޙައްޖުވުމާއި މިހެންގޮސް ކުރާ އެންމެހައި ހެޔޮ ޢަމަލުތަކަށެވެ. އަދި ކީއްހެއްޔެވެ؟ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުމަކީވެސް އަޅުކަމެކެވެ. މިހުރިހާ ކަންކަމަށްވެސް ޙައްޤުޖްޒާ ދެއްވެވުން ވަނީ މަރުވުމަށްފަހުގައެވެ.

ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ދުނިޔޭގެ ޙަޔާތްވޭތިކުރުމުން ދެއްވަވާ އެންމެ ބޮޑު ނިޢުމަތަކީ ސުވަރުގެއެވެ. ސުަރުގެ ލިބުންވެސް މިއޮތީ ﷲ ތަޢާލާގެ ޙަޟްރަތަށް ދެވުމުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދެވުން މިއޮތީ މަރުވެގެންނެވެ. ނުވަތަ މަރުވުމަށްފަހުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން