ﷲ ގެ ވަޖުހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކީ ޞާލިޙު ޢަމަލުކޮށް، އެއަށްފަހު ﷲ ތަޢާލާ، މީސްތަކުންގެ ހިތްތަކުގައި އެމީހަކަށްޓަކައި ރިވެތި ޘަނާ ލެއްވި މީހަކާމެދު ދަންނައެވެ. އޭނާ އެކަން ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ޙާލު އެކަން މެދުވެރިވުމުން، ﷲ ގެ ފަޟްލުވަންތަކަމާމެދު އޭނާ އުފާކުރުމަކީ އެއީ ދެއްކުންތެރިކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން އޭނާއަށް ގެއްލުމެއް ނެތެވެ.
އަބޫ ޛައްރު رضي الله عنه ވިދާޅުވިއެވެ.
މީހަކު ހެޔޮޢަމަލެއް ކުރުމުން މީސްތަކުން އެކަމާމެދު ޘަނާ ކިޔުމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«تِلْكَ عَاجِلُ بُشْرَى الْمُؤْمِن» [رواه مسلم 166 - (2642)]
މާނައީ: “އެއީ މި ދުނިޔެ މަތީގައި މުއުމިނު އަޅާއަށް ހުރި އުފާވެރިކަމުގެ ޚަބަރެވެ."
"خطوات إلى السعادة لد. عبدالمحسن القاسم (ص: 34)"
- މަސްދަރު: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ