ކޮންމެ މަޔަކަށްވެސް އަދި ބަފަޔަކަށްވެސް އެމީހެއްގެ ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑުކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮންމެ މަޔަކަށްވެސް އަދި ބަފަޔަކަށްވެސް އެމީހެއްގެ ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑުކަންތައް-

ކޮންމެ މަޔަކަށްވެސް އަދި ބަފަޔަކަށްވެސް އެމީހެއްގެ ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ އެކުއްޖާއަށް ރަނގަޅު ގޮތް ބުނެދީ އަދި އެގޮތުގެ މައްޗަށް ހާނުވާ، އެބައެއްގެ ޤާބިލުކަން ހުރި މިންވަރަކުން ދަރިން ބޮޑެތިވަންދެން ރަނގަޅަށް ތަރުބިއްޔަތު ކުރުމެވެ.

މި ހުރިހާ މަރުޙަލާއެއްގައިވެސް މައިންބަފައިންނަށް ބާރު ނުފޯރުވޭފަދަ ސަބަބުތައް މެދުވެރިވެ، ދަރިންނަށްވެސް ދުނިޔަވީ އެކި ބާވަތްތަކުގެ އުނދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިވުން އެކަށީގެންވެއެވެ. 

އެ ޙާލަތުގައި ދެން އޮތީ، ﷲއަށް ފުރިހަމައަށް ވަކީލުކޮށް، އެކަން އެއްކިބާކޮށްދެއްވަމަށް އެދި ދުޢާކުރުމެވެ. އަދި ސަބަބުތަކުގައި ހިފަިއިގެން އެކަމުން އަރައިގަތުމަށް އެހީތެރިވުމެވެ. 

އަދި  ހިތުގެ އަޑިން ކަށަވަރުކުރަންވީ ކަމަކީ އެކަންތައްތަކުގެ ފަހަތުގައި ދަރިންނަށާއި މައިންބަފައިންނަށްވެސް ހުރި ޢިބްރަތްތަކާއި ދަރުސްތައް ވާނޭ ކަމެވެ. އަދި ފޮރުވިފައިވާ އެތައް ހެވެއް ވާނެ ކަމެވެ. އަދި އެކަން މެދުވެރިކިރެއްވި ފަރާތަކީ އެދަރިންގެ ވެރި ރައްބު، މާތް ﷲ ކަމެވެ. އަދި އެއީ އެކުދިންނާއި އެކުދިންގެ މައިންބަފައިންނަށްވެސް އެންމެ އޯގާވަންތަ، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، ޙިކުމަތްވަންތަ އިލާހުކަމެވެ. 

- މަސްދަރު: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

 

މިއަދު އޮންލައިން