އެކުގައި އުޅެން އެންމެ ނުރައްކައުތެރިބައަކީ ކަންނެތް މީހުން! އެމީހުންގެ ސަބަބުން އާޚިރަތް ގެއްލުމުގެ އިތުރުން ޒަވާޖީ ހަޔާތްވެސް ބަރުބާދުކޮށްލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެކުގައި އުޅެން އެންމެ ނުރައްކައުތެރިބައަކީ ކަންނެތް މީހުން! އެމީހުންގެ ސަބަބުން އާޚިރަތް ގެއްލުމުގެ އިތުރުން ޒަވާޖީ ހަޔާތްވެސް ބަރުބާދުކޮށްލާނެ!

ބައެއް އެކުވެރިން ފާހަގަކުރައްވާ ގޮތުގައި އެކުގައި އުޅެން އެންމެ ނުރައްކައުތެރިބައަކީ ކަންނެތް މީހުންނެވެ. އެކުވެރިންގެ ތެރެއިން ކަންނެތް މީހުންނެވެ. 

ފުރަތަމަ ކަމަކީ އެމީޙުންގެ ކަންނެތްކަމާއި ހުރެ އެމީހުން އަޅުކަމެއް ނުކުރާނެއެވެ. އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކަށްވެސް ރައްކައުތެރިއެއް ނުވާނެއެވެ. ނަތީޖާއަށްވާނީ އެނުބައި އާދަ ތިބާގެ ގައިގައިވެސް ހަރުލުމެވެ. 

ދެވަނަ ކަމަކީ އެމީހުން ދިރިއުޅެން މަސައްކަތްކުރުމުގައިވެސް ކަންނެތްވުމުން އެމީހުންގެ ދިރިއުޅުމަށް ފުދޭވަރަށް އާމްދަނީއެއް ނުލިބޭނެއެވެ. ނަތީޖާއަކަށްވާނީ އަބަދު ކަންކަމުގައި ކިޔުމެވެ. އެމީހުން ބުނާ ކަންކަން ކޮށްނުދީފިނަމަ ނިކަން ފަސޭހައިން ރުޅިއައިސް ތިބާއަށް ގެއްލުންހުރި ކަންކަން ކުރާނެއެވެ. ފަޟީޙަތްކުރަންވެސް މަސައްކަތްކުރާނެއެވެ. އަދި ޒަވާޖީ ޙަޔާތަށް ހުރަސް އަޅަންވެސް އެެހން މީހުންނަށްވުރެ ބޮޑަށް މަސައްކަތްކުރާނެއެވެ. 

އަދިވެސް ބުނަންހެއްޔެވެ؟ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ތަނަވަސް މީހަކު ނަމަ އަހުރެމެން މިކިޔާ ހިހޫތަނުން ކައިގެން އުޅުމަށްޓަކައި ބައިވެރިޔާ ޖަހައިގަންނަން އިންތިހާޢަށް މަސައްކަތްކުރާނެއެވެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ ކަންނެތް މީހުންނާއި އެކުވެރިކަމުގެ ގުޅުން އުފައްދައި ގެއަށް ވައްދަންވެސް ހެޔޮނުވާނެ ކަމަށެވެ. 

ކަންނެތްކަމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. ފުރިހަމަ މުސްލިމަކަށްވެވޭނީ ވަރަށް ހީވާގިވެވިގެންނެވެ. ހީވާގި މީހުންނަށް ނޫނީ ނަމާދު ޤާއިމެއް ނުކުރެވޭނެއެވެ. ޢަމްދުން ސުންނަތް ނަމާދުތަކާއި ޚާއްޞަކޮށް ރޭއަޅުކަން ނުވެސް ކުރެވޭނެއެވެ. 

ވިސްނައިލާށެވެ! ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަވެސް މީސްމީހުންގެ ގާތުގައި ކަންކަމު ކިޔުމަށްވުރެ އަމިއްލަ ބުރަކަށިމަތީގައި ދަރުއުފުލައިގެން އާމްދަނީ ހޯދުންވެސް ރަނގަޅުކަމަށް ޙަދީޘްފުޅުގައި އޮތުމުން މިސްލިމުންނަކީ ކިހައި ބޮޑަށް ހީވާގިވާންޖެހޭ، ދިރިއުޅެން މަސައްކަތްކުރަންޖެހޭނެ ބައެއްކަން އެއޮތީ އެނގޭށެވެ. އަދި ފަރުޟު 5 ނަމާދު ހަމައަށް ނުކުރުމަކީ ނަމާދު ޤާއިމުކުރާ މީހަކަށް ނުވާނެ ކަމަށް އޮތުމަކީވެސް މުސްލިމުންނަކީ ވަރަށް ހީވާގިވާންޖެހޭނެ ބައެއްކަން އަންގައިދޭ އެއް ސަބަބެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން