ސިކުނޑިއަށް ބުރަބޮޑުވުމާ "މެންޓަލް ހެލްތް" މައްސަލަތައް ކުރިމަތިވާނަމަ ޙައްލުހޯދަން ޢަމަލުކުރަން ޑޮކްޓަރުން ބުނާގޮތާ ދީނުގަ އޮތްގޮތް ބަރާބަރަށް ދިމާވާކަން މިއޮތީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ސިކުނޑިއަށް ބުރަބޮޑުވުމާ "މެންޓަލް ހެލްތް" މައްސަލަތައް ކުރިމަތިވާނަމަ ޙައްލުހޯދަން ޢަމަލުކުރަން ޑޮކްޓަރުން ބުނާގޮތާ ދީނުގަ އޮތްގޮތް ބަރާބަރަށް ދިމާވާކަން މިއޮތީ ފެންނަން!

ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އަމިއްލައަށް ދުނިޔެ ދޫކޮށްދިއަ މީހުންނަށް ބަލާށެވެ! އެމީޙުން އެކަން ކުރުމުގެ ކުރިން ވާނީ އެތައް ރެއެއް ވަންދެން ނުނިދައި އުޅެފައެވެ. ނުވަތަ ވަރަށް ކުޑަކުޑައިރުކޮޅަކު ނިދައިފައެވެ. އެހެންކަމުން އެބޮޑުގޯސްހެދޭއިރު ފަރުބަދައެއްގެ ނިދި ފުނިޖެހިފައި ހުރެއެވެ. މިކަމުން އަންގައިދެނީ އެބޮޑު ގޯސް ހެދޭއިރު މީހާ ނިންޖަށް ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމެވެ. އަދި ސަލާމަތް ވިސްނުމެއްގައި ހުރުމަށް ފުރިހަަމ ނިދި ވަރަށް ބޮޑަށް ބޭނުންވާކަމެވެ. 

ޑޮކްޓަރުން މިހާރު ހޯދާފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި ފަތިހުގެ ވަޔާއި އަދި އިރުއަރައިގެން އަންނަ ވަޤުތުގެ ވަޔާއި އަތްވަކީ "މެންޓަލް ހެލްތް" ގެ މައްސަލައަކަށް ވަރަށް ބޮޑު ފަރުވާއެކެވެ. ކޮންމެހެން ބޭނުންވާ ކަންކަމެވެ.

ވީމާ ހާސްވުމާއި ަކްނބޮޑުވުންތަކުން އަރައިގަނެވި ފުރިހަަމ ވިސްނުމެއްގައި ހުންނަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ރޭގަނޑުގެ ވަޤުތުތައް ބޭކާރުނުކޮށް ވީހައި އަވަހަކަށް ނިދުމަކީ އެންމެ މުހިންމު ކަންތަކެވެ. ދެވަނަ ކަމަކަށް ކުރިން މިބުނި ފަދައިން ފަތިހު ހޭލަން އެބަޖެހެއެވެ. އިރުއަރައިގެން އަންނަވަޤުތުގެ ސާފުވަޔާއި އަވިލިބެން އެބަޖެހެއެވެ. 

މިކަންކަމުގެ އިތުރުން ޞިއްހަތަށް ފައިދާ ބާވަތްތައް ކައި އަދި ކަސްރަތު ކުރުމަކީވެސް ހާސްވުމާއި ކަންބޮޑުވުންތަކުން ސަލާމަތްވެވި ރަނގަޅު ވިސްނުމެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ. 

މަތީގައި މިބަޔާންކުރީ މުސްލިމުން ދައްކާ ވާހަކަތަކެއް ނޫނެވެ. ކަމުގެ ތަޖުރިބާހުރި ޑޮކްޓަރުން ދައްކާ ވާހަކަތަކެވެ. 

ދެން ނިކަން ބުނެބަލާށެވެ! އެމީހުންނަކީ މުސްލިމުން ކަމަށް ނުވުމުން އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތާއި މިކަންކަން އިސްލާމް ދީނުގައި އެބައޮތްކަމާއި މިކަންކަމަށް އިސްލާމް ދީނުގައި ބާރުއަޅާކަމުގެ ވާހަކައެއް ނުދައްކާނެއެވެ. އެކަމަކު އެދައްކަނީ އިސްލާމް ދީނުގައި ވަރަށް ސާފުކޮށް އެނގެން ހުރި، އަދި އެކަންކަމަށް ބާރުއަޅާ ކަންކަމުގެ ވާހަކަތަކެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހާސްވުމާއި ކަންބޮޑުވުމުގެ މައްސަލަތައް ހުރިނަމަ، ސިކުނޑި ދުޅަހެޔޮކޮށް ބާއްވައި ވިސްނުން ތާޒާކޮށް ހަމަޖެހޭ ދިރިއުޅުމެއް އުލެން ބޭނުންވާނަމަ ދީނުގައި ބަޔާންވެގެންވާ ފަދައިން އަވަހަށް ނިދާށެވެ! ފޯނާކުޅެން، ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާން ނުވަތަ ކޮފީ މޭޒުތަކުގައި ވަޤުތުތައް ބޭކާރުނުކުރާށެވެ! ފަތިހު ހޭލައި ފަތިސްނަމާދުކޮށް ޛިކުރުކޮށް ފަތިހުގެ ފައިދާ ލިބިގަންނާށެވެ. ފަތިސް ވަޤުތުގައި ލައްވަވާފައިވާ ބަރަކާތް ޖައްވުންވެސް ލިބިގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން