ރުޅިގަދަ މީހުންދެކެ ބިރުން އަނބިދަރިންވެސް ތިބޭނީ މަދު ދުވަސްކޮޅަކު! ޙައްލުކުރަން މިމަގުން މަސައްކަތްކުރޭ! ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރުޅިގަދަ މީހުންދެކެ ބިރުން އަނބިދަރިންވެސް ތިބޭނީ މަދު ދުވަސްކޮޅަކު! ޙައްލުކުރަން މިމަގުން މަސައްކަތްކުރޭ! ކާމިޔާބުވާނެ! އިން ޝާ ﷲ

ބައެއް މީހުންނަކީ ވަރަށް ފަސޭހައިން ރުޅިއާދެވޭ ބައެކެވެ. އެކަން އެގޮތަށް މެދުވެރިވާނަމަ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުގެ ކުރިން ނާރުގެ ޑޮކްޓަރަކަށް ދައްކައި ނާރުތަކުގެ ބާރުހުރި މިން ޗެކްކޮށްލާށެވެ. ނާރުތަކުގެ ދުޅަހެޔޮކަން ބަލާށެވެ. ޞިއްޙީ ހަމަތަކުން ބަލާނަމަ ނާރުތަކުގެ ބާރުދެރަވުމަކީ ފަސޭހައިން ރުޅި އައުދެވޭ ކަމެކެވެ. 

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކިތަންމެ ރަނގަޅު ޞިއްޙަތެއްގައި ތިބިނަމަވެސް ރުޅި އިސްކުރެވި އަތްފައިން ގޯސްތައް ހެދޭބައަކު އުޅެއެވެ. ދުލުން ނުބައިބަސްތައް ބުނެވޭ ބައަކު އުޅެއެވެ. އެއީ އެމީހުންގެ މައްޗަށް ޝައިޠޯނާ ވެރިވެގެންފައިވާ މީހުންނެވެ. ވީމާ އެފަދަ މީހުންނަށް އޮތީ ދީނީ ޢިލްމްވެރިންގެ އަރިހުން ލަފާހޯދުމެވެ. 

ދަރިން ނުވަތަ ބައިވެރިޔާ ނަމަވެސް ރުޅިއިސްކުރާނަމަ، ރުޅި ކޮންތްރޯލް ނުކުރެވޭނަމަ އެއީ އޭނާގެ ޠަބީޢަތް ކަމަސް ބަލައި އަޅާނުލައި ނުތިބޭށެވެ. މިބުނި ދެމަގުން ކުރެ މަގަކުން މައްސަލަ ޙައްލުކުރަން މަސައްކަތްކުރާށެވެ. 

ފަސޭހައިން ރުޅި އާދެވޭނަމަ ރުޅި ކޮންތްރޯލްކުރަން ދީނުގައި އޮތް މަގުން މަސަކަތްކުރަންވާނެއެވެ. އަދި އެކަމަށް އެދިގެން ދުޢާކުރަންވާނެއެވެ. ތިމާއަކީ ރުޅިގަދަ މީހަކަވުމުން އެހެން މީހުން ތިބާއަށް ބިރުގަނެ ޖެހިލުންވާނަމަ އެއީ އެމީހަކަށް ލިބޭ މޮޅެއް ނުވަތަ ކާމިޔާބީއެއް ނޫނެވެ. އެއީ ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. އެކަން އެމީހުންގެ ފަރާތުން ބަދަލުވެ ހިތާމަކުރަންޖެހޭނެ ދުވަސް އޮންނާނީ ދާދި ގާތުގައިކަމަށްވާތީއެވެ. 

އަބަދަކު ބިރުން މަދަކުން ނުތިބޭނެއެވެ. ހަށިފޮޅައިލާނެއެވެ. ހިތުގައި އޮންނަ ނަފްރަތުކަން ދައްކަން ފަށާނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީމާ ކިތަންމެ ބުރަ މަސައްކަތެއްކޮށްގެންވެސް ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރަންވާނެއެވެ. އެއީ އެހެން މީހުންގެ ލޯބި އިތުރުވާނެ ކަމެކެވެ. އެބައެއްގެ ކިބައިން ލޯބިލިބުމަށް ތިމާ އެދޭ މީހުންގެ ކިބައިން ލޯބިލިބޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން